2024 ވަނަ އަހަރުގެ ބަޖެޓް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

8.5 ބިލިއަން ރުފިޔާގެ ދަރަނި ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރަށް މި އަހަރު 16.3 ބިލިއަން ރުފިޔާ އެތެރެ އާއި ބޭރުން ބޭނުންވާ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައި
11 ޖެނުއަރީ 2024
3

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދޭނޭ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު މާލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ދަރަނި ސަރުކާރަށް ދޭނޭ މާލީ އެޖެންސީއެއް ހޯދަން އިއުލާން ކުރީ މި އަހަރު ބަޖެޓަށް ފައިސާ ހޯދަން ރާވާފައިވާ ސިޔާސަތުގެ ދަށުން ކަމަށެވެ. އެގޮތުން ބުނެފައި ވަނީ: 

  • އެ ފައިސާ ހޯދަނީ ލޯނެއް ނުވަތަ ޓީބީލެއްގެ ގޮތުގައި 

  • ސަރުކާރަށް ދަރަނި ދޭނޭ ބަޔަކު ހޯދަން އިއުލާން ކުރީ ސަރުކާރުން ދަރަނި ނަގާ އުސޫލުތައް މިހާރަށް ވުރެ ދެ ފުއް ފެންނަ ގޮތެއްގައި ކުރިއަށް ގެންދަން

  • މުޅި އަހަރު ތެރޭ ލިބޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ ހާއްސަ ކޮމިޓީއަކުން ކަމަށް އިއުލާންގައިވޭ؛ އެގޮތުން ނަގާ ދަރަނީގެ މައުލޫމާތު އާންމު ކުރާނޭ ކަމަށް ވެސް ބުނި

ތަފްސީލް - އެ އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އިއުލާންކޮށްގެން ހޯދާ 8.5 ބިލިއަން ރުފިޔާގެ ދަރަނި ބޭނުން ކުރާނީ ސަރުކާރުން އިސްކަން ދޭ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ. އެގޮތުން، މަސްވެރިކަމާއި ސިއްހީ ދާއިރާ އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް ފައިސާ ހަރަދު ކުރާނޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. 

ދަރަނި ދޭން ޕްރޮޕޯސަލް ހުށަހެޅޭނެ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ: 

  • މިދިޔަ ފަސް އަހަރު ތެރޭ މާލީ ދާއިރާގައި ހަރަކާތްތެެރިވެފައިވާ ފަރާތްތަކަށްވުން

  • ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތަކަށްވުން

އެނގުން މުހިންމު - ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރަށް މި އަހަރު 16.3 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. އެ ފައިސާ ހޯދަން ރާވާފައިވާ ގޮތްތަކަކީ:

  • އެތެރޭގެ ބާޒާރަށް ޓީބިލާއި އިސްލާމިކް އިންސްޓްރޫމަންޓް ވިއްކައިގެން - 3.1 ބިލިއަން ރުފިޔާ 

  • އެތެރޭގެ ބާޒާރަށް ޓްރެޝަރީ ބޮންޑް ވިއްކައިގެން - 800 މިލިއަން ރުފިޔާ

  • ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން - 4.7 ބިލިއަން ރުފިޔާ

  • ބޭރުގެ ބަޖެޓް ސަޕޯޓް ލޯން، ބޮންޑް އަދި ސްކޫކް - 6.9 ބިލިއަން ރުފިޔާ

  • ގްރީން ނުވަތަ ބްލޫ ބޮންޑް - 771 މިލިއަން ރުފިޔާ 

މަޖިލީހުން މި އަހަރަށް ފާސްކޮށްދީފައި ވަނީ 49.8 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް (3)

ޗޯރު

14 ޖެނުއަރީ 2024
ދަރަނި ނަގަނީ އަލަކަށް ނޫ ތަފާތަކީ ފާޅުގަ ނަގާކަން ކުރިން އިންޑިއާ ގޮނޑި ކޮއްކޮ ސަރުކާރު ލދ ސަރޔކާރު ނެގީ ސިރުން ދަރަނީގެ އެންމެ 5 އިނސައްތަ ގައުމަށް ހަރަދު ކުރީ ބާކީ ބައިން ޖީބު ފުރާލީ
0 0

ސުލް

12 ޖެނުއަރީ 2024
ހީހީ ހަލާކު. ދަރަނި ހޯދަން އަނެއްކާވެސް އިންޑިއާ އައުޓް ގޮވާ. މަ ނާހަން މިފާޑަށް ބަޔަކު ސަރުކާރު ހިންގަން އުޅުނު ވާހަކަ ތާރީހުގެ ތެރެއިންވެސް. މީ ހަމަ ފައްކާ ރަސްކަމެއް. މުއިއްޒުއަށް ވޯޓު ދިން މީހަކު މިހާރު އުޅޭބާ؟
2 3

ބޓ އަދުރޭ

11 ޖެނުއަރީ 2024
ދިވެހި ސަރުކާރު ކޮންޓްރެކުޓް އުސޫލުން ހިންގާނެ ބަޔަކު ހޯދަން އަދި އިއުލާން ކުރާނެ
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް