މ. ޝޭޑީހޯމް ، ހަސަން ޒިޔާދު، 40 (ފޮޓޯ/ ސޯޝަލް މީޑިއާ)

ފުލުހުން

މިސްކިތަށް ކުޑަކަމުދިޔަ މީހާ ހަތިމަކަށް ކުޅުޖަހައިގެން ހައްޔަރުކޮށްފި

އޭނާ މީގެ ކުރިން ބަންދުން ދޫކޮށްލީ ދައުވާކުރަން ފޮނުވުމަށްފަހު. ނަމަވެސް ބަންދުން ދޫކޮށްލި ފަހުން އާންމުންނަށް އުނދަގޫވާ ގޮތަށް މާލެ ތެރޭގައި އޭނާ އުޅޭކަމުގެ ޝަކުވާތައް ލިބުނު
7 ނޮވެމްބަރު 2021
1

ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ކުޑަކަމު ދިޔަ މީހާ މިއަދު މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅުޖަހައިގެން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް ، ހަސަން ޒިޔާދު، 40، އެވެ.

އެނގުން މުހިންމު - ކުޑަކަމުދިޔަ މައްސަލައިގައި އޭނާ ހައްޔަރުކޮށް އެކި ފަހަރުމަތިން ބަންދު އިތުރުކުރި އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ 24ގައި ޕީޖީ އޮފީހަށް ފޮނުވައި ޖެހިގެން އައި ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ބަންދުން ދޫކޮށްލި ފަހުން އާންމުންނަށް އުނދަގޫވާ ގޮތަށް މާލެ ތެރޭގައި އޭނާ އުޅޭކަމުގެ ޝަކުވާތައް ލިބުނެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު ފަހު އޭނާ އިބްރާހީމް މިސްކިތަށް އަރައި، ހަތިމަކަށް ކުޅު ޖެހުމުން، އާންމުންގެ ބަޔަކު ވަނީ އޭނާ ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި:

  • އޭނާ މުސައްލަ މައްޗަށް އަރާ ހަތިމަށް ކުޅުޖެހި

  • ހަތިމަށް ކުޅުޖެހި ކަމަށް އޭނާ އިއުތިރާފް ވާތަން ވެސް ފެނޭ

ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލައެއްގައި 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 4:03 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް - އޭނާގެ މައްޗަށް ފުލުހުން ކުރަނީ އާންމު މަސްލަހަތަށް ގެއްލުންހުރި ކަމެއް ކުރުމުގެ ތުހުމަތެވެ. އޭނާ މީގެކުރިން ބަންދުގައި ބެހެއްޓީ:

  • ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ

  • މުޖުތަމައުގެ ފަރާތުން އޭނާއަށް ނުރައްކާވެދާނެތީ

ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި ބަންދުގެ މަޖިލީހެއްގައި ފުލުހުން ބުނީ އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފަ އެވެ.

އެ މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އަދި އޭނާއަކީ ބައިޕޯލާ މީހެއް ކަމަށް އަމިއްލައަށް ވެސް އޭނާ ވަނީ ކުރިން ކޯޓުގައި ބުނެފަ އެވެ. މީގެ އިތުރުން:

  • އޭނާގެ ކުޑަކަމުދާ ތަކެތި ޑުރަގެއް ކަމަށްވާ އޯޕީއައި ބެންޒޯއަށް ޕޮޒިޓިވްވެފައިވޭ

  • މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް

  • އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތަށް ކުޑަކަމުދިޔަ ކަމަށް އިންކާރު ކުރޭ

  • އޭނާ އިއުތިރާފްވީ ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ ކަމަށް

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ހުތްއަލި

8 ނޮވެމްބަރު 2021
އިރު އިރުކޮޅާ ދޫނުކޮއް ބާއްވަބަލަ ލާ ތާކައް ލާފަ! ޖެންޑާ އިން ތިފޯރުކޮއްދެނީ ކޮން އެހީތެރިކަމެއްބާ؟؟ ބައިޕޯލާއޭ ކިޔާފަ މަސްތުވާ ބޭސް ދިނުންބާ؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް