އިސްލާމީ މަރްކަޒުގައި މީހަކު ނަމާދު ކުރަނީ: ހައްޔަރުކުރި މީހާ ވަނީ އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ވެސް ކުޑަކަމު ގޮސްފައި. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މިސްކިތަށް ކުޑަކަމުދިޔަ މީހާއަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލައިފި
ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައި ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މާލެއަށް ނިސްބަތްވާ 40 އަހަރުގެ އެ މީހާ ހައްޔަރުކޮށް އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ އާންމު މަސްލަހަތަށް ގެއްލުންހުރި ކަމެއް ކުރުމުގެ ތުހުމަތެވެ. އޭނާ ބަންދުގައި ބެހެއްޓީ:
-
ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ
-
މުޖުތަމައުގެ ފަރާތުން އޭނާއަށް ނުރައްކާވެދާނެތީ
ތަފްސީލް - ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި މި މަހުގެ 24ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހާ، ޖެހިގެން އައި ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.
ބަންދުން ދޫކޮށްލި ފަހުން އާންމުންނަށް އުނދަގޫވާ ގޮތަށް މާލެ ތެރޭގައި އޭނާ އުޅޭކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށްވެ އެވެ.
ކްރިމިނަލް ކޯޓުގައި މީގެ ކުރިން ބޭއްވި ބަންދުގެ މަޖިލީހެއްގައި ފުލުހުން ބުނީ އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.
އެނގުން މުހިންމު - އެ މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އަދި އޭނާއަކީ ބައިޕޯލާ މީހެއް ކަމަށް އަމިއްލައަށް ވެސް އޭނާ ވަނީ ކުރިން ކޯޓުގައި ބުނެފަ އެވެ. މީގެ އިތުރުން:
-
އޭނާގެ ކުޑަކަމުދާ ތަކެތި ޑުރަގެއް ކަމަށްވާ އޯޕީއައި ބެންޒޯއަށް ޕޮޒިޓިވްވެފައިވޭ
-
މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް
-
އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތަށް ކުޑަކަމުދިޔަ ކަމަށް އިންކާރު ކުރޭ
-
އޭނާ އިއުތިރާފްވީ ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ ކަމަށް
އިތުރަށް ކިޔާލަން -