ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މިސްކިތަށް ކުޑަކަމު ދިޔަ މީހާ ބުނަނީ އޭނާއަކީ ބައިޕޯލާ ބަލި ހުންނަ މީހެއް ކަމަށް

އޭނާގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައި
5 އޮކްޓޯބަރު 2021

ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަ ކަމު ދިޔަ މީހާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއް ކަމަށް އޭނާ ކުރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - އޭނާ ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އޭނާ ބަންދު މަޖިލީހުގައި ވާހަކަ ދައްކަމުން ބުނި ކަމަށް ބުނެފައި ވަނީ އޭނާ އަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށެވެ. އެގޮތުން ބައިޕޯލާ ޑިސްއޯޑާ ހުންނަ ކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ. 

ބައިޕޯލާ ޑިސްއޯޑާ އަކީ:  

  • މީހެއްގެ މިޒާޖު ކުއްލިއަކަށް ބަދަލުވެ އެގްރެސިވްވާ ޒާތުގެ ނަފްސާނީ ބައްޔެއް

ތަފްސީލް - ކުރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު އިއްޔެ ނެރުއްވި އެ އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

  • އޭނާގެ ކުޑަކަމުދާ ތަކެތި ޑުރަގެއް ކަމަށްވާ އޯޕީއައި، ބެންޒޯ އަށް ޕޮޒިޓިވްވެފައިވޭ

  • މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް

  • އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތަށް ކުޑަކަމު ދިޔަ ކަމަށް އިންކާރު ކުރޭ

  • އޭނާ އިއުތުރާފް ވަނީ ޖުމްހޫރީ މައިދާނަށް ކުޑަކަމު ދިޔަ ކަމަށް 

އެނގުން މުހިންމު - މާލެއަށް ނިސްބަތްވާ 40 އަހަރުގެ އެމީހާ ބަންދު ކުރަން ކޯޓުން ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ:

  • އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ

  • އޭނާ ބަންދު ކުރި ހަތް ދުވަހުގެ މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހަށް

ފުލުހުން ވެސް މީގެ ކުރިން ބުނެފައި ވަނީ އެ މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށް އެނގިފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް