ގަލޮޅު ސްކޫލުގައި ދަމާފައި ހުރި ބެނާއެއް: އެ ސްކޫލުގައި ހަތަރު އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައި.

ގަލޮޅު ސްކޫލް

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ގަލޮޅު ސްކޫލުގެ މުވައްޒަފު ހައްޔަރުކޮށްފި

ހައްޔަރު ކުރީ 63 އަހަރުގެ އަންހެނެއް

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ އެ ސްކޫލުގެ މުވައްޒަފަކު މިއަދު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ޕްރީ ސްކޫލް ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފެށީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އެކަމާ ގުޅިގެން ޓީޗަރާއި އެ ސްކޫލްގެ ހުރިހާ މަސައްކަތު މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެންގުން މުހިންމު - ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އެ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު އެހީތެރިކަން ފޯރުކޮށްދިން އެ ސްކޫލުގެ މަސައްކަތު މީހެކެވެ. އާއިލާ އިން މީގެ ކުރިން މީޑިއާގައި ބުނެފައި ވަނީ، އެ މަސައްކަތުގެ މުވައްޒަފަކީ ކާކުކަން ކުއްޖާގެ ކްލާސް ޓީޗަރަށް ވެސް ނޭނގޭ ކަމަށެވެ.

ގުޅުން ހުރި ކަމެއް - އެ މައްސަލައާ ގުޅިގެން ސްކޫލުގެ ޓިޗަރުގެ އިހުމާލު އޮތް ކަމަށް އެެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ. އަދި އެކަމުގައި އެ ޓީޗަރަށް އިންޒާރު ދިނުމަށް ވެސް ސްކޫލަށް ވަނީ އަންގާފަ އެވެ. އެކަމާ ގުޅިގެން ސްކޫލުން ވަނީ ޓިޗަރާ އެކު އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުންވެސް ސަސްޕެންޑްކޮށް، ސްކޫލުގެ 18 ތަނެއްގައި ކެމެރާ ހަރުކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް