ޖޭޕީން ރަސްމީކޮށް މާލެ އާއި ވިިލިމާލޭގެ ގޭތަކަށް ޒިޔާރާތްކުރުން ފެށުމަށް މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި އަމީން ވާހަކަދައްކަވަނީ. (ފޮޓޯ/ ޖޭޕީ)

1 ކެންޑިޑޭޓަކު ނެރެން އިސްނެގީ ގާސިމް؛ އެކަން ކާމިޔާބުވާނެ: ޖޭޕީ

އާންމުން ވެސް އެންމެ ބޮޑަށް އެދޭ ކަމަކީ، އަމީން ވިދާޅުވި ގޮތުގައި، އިންތިހާބު ކާމިޔާބު ކުރުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުން ބަލިކުރުމަށް އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމަށް އިސް ނެންގެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި އެ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް، އޭނާގެ ތަރުޖަމާނުކަން ކުރައްވާ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމްގެ އެޑްވައިޒަރުގެ ހައިސިއްޔަތުން ޖޭޕީގެ ކައުންސިލްގައި އިންނަވާ އަމީން މިގޮތަށް ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ކެމްޕެއިނަށް މާލެ އާއި ވިލިމާލޭގެ ގެތަކަށް ޒިޔާރާތްކުރުން ރަސްމީކޮށް ފެށުމަށް ގޭގެއަށް ދާ މަންދޫބުންނާ މިއަދު ހެނދުނު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އަމީން ވިދާޅުވި ގޮތުގައި، ގޭގެއަށް މަންދޫބުން ދިއުމުން އެންމެ ބޮޑަށް އާންމުންގެ ފަރާތުން ލިބޭ މެސެޖަކީ އިދިކޮޅު ހުރިހާ ފަރާތެއް ގުޅިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމެވެ. އެއީ ރައްޔިތުން މިއަދު އެދޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެންގެ ކެންޑިޑޭޓް، އޮނަރަބަލް ގާސިމް އިބްރާހިމް އެ ކަމަށް އިސްނަންގަވައިގެން، ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކާ މަޝްވަރާކުރައްވައި އެ މަގަށް ކަންކަން ތަރުތީބުކުރެއްވުމަށްޓަކާ މަސައްކަތް މި ކުރައްވަނީ،" އަމީން ވިދާޅުވި އެވެ.

ޖޭޕީން ރަސްމީކޮށް މާލެ އާއި ވިިލިމާލޭގެ ގޭތަކަށް ޒިޔާރަތްކުރުން ފެށުމަށް މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި އަމީން ވާހަކަދައްކަވަނީ. (ފޮޓޯ/ ޖޭޕީ)

މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި އަމީން ވިދާޅުވީ، ހުރިހާ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިހާތަނަށް ބަލާއިރު އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ [އަދި] ކަށަވަރުވޭ، ރިޔާސީ އިންތިހާބެއްގެ ހަގީގީ ނަތީޖާއާ ހަމައަށް މި ދެވެނީ، އެއް ކެންޑިޑޭޓެއް ނުވަތަ އެންމެން ގުޅިގެން ނެރޭ ކެންޑިޑޭޓަކާ ހިސާބަށް ދެވިގެންކަން. އެެހެންވީމަ، މި ފަހަރު އެ މަސައްކަތް ތަންކޮޅެއް ދުރާލައި އިސްނަންގަވައިގެން ގާސިމް އިބްރާހިމް އެ ފެއްޓެވީ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް އެ ނަތީޖާ ހާސިލް ކުރެވޭނެކަން،" އަމީން ވިދާޅުވި އެވެ.

"ރައްޔިތުން މާޔޫސް ނުވާނެ ގޮތަކަށް މި އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަކީ އަޅުގަނޑުމެންގެ އަމާޒު. އެކަން ހާސިލުވާނެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޔަގީން ކުރަން."

ފަސް މަންޒަރު - ގާސިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ މިދިޔަ ބުދަ ދުވަހު އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން މ. ކުނޫޒުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

ތިން ލީޑަރުން އެއްބަސްވީ، އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްއިން އެއްބަސްވާ ނަމަ، ހުރިހާ ފަރާތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމަށެވެ.

އެ ކެންޑިޑިޓަކީ ގާސިމް ކަމަށް ނުވިޔަސް، ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

ވެންޓު

22 ޖުލައި 2023
އަމީން މެން ލަދުގެ ކަންފުޅެއް ވެސް ނެތް ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް