މޫސުން ގޯސްވެ ކަނޑު ގަދަވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މޫސުން އަލިވެއްޖެ؛ ދަތުރުފަތުރުކުރަން ހުރަހެއް ނެތް
މާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށާއި ކަނޑުދަތުރުކުރުމުގެ ކުރުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފާއިތުވި ހަފްތާއެއްހާ ދުވަހު މުޅި ރާއްޖެއަށް ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ހިތާމެރި ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމޭބެހޭ ފަރާތްތަކުން އޮތީ އިލްތިމާސްކޮށްފަ އެވެ.
މެޓްގެ ބަސް - މެޓުން މިއަދު މިއަދު ވެސް މޫސުން ރަނގަޅު ކަމަށާއި، ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު، މެދުރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން ހުރިހާ ހިސާބަކަށް ވެސް މޫސުން ރަނގަޅުވަމުންދާނެ ކަމަށެވެ.
ތަފްސީލް - އެގޮތުން މާދަމާއިން ފެށިގެން ހުރިހާ ހިސާބަކަށް ވެސް ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާނެ ކަމަށް މެޓުން ބުންޏެވެ.
"ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ރަނގަޅުވަމުންދާނެ ކަމަށް ފެންނަނީ. ދަތުރުފަތުރުކުރުމަށް ވެސް ހުރަހެއް ނެތް،" މެޓުން ބުންޏެވެ.
އިތުރަށް ކިޔާލަން -