ހިޔާގެ ދެ ފްލެޓު އެއްކޮށްލައިގެން ހަދާފައިވާ އެޕާޓުމެންޓު.
ހިޔާގެ އެއްކޮށްލި 2 އެޕާޓްމަންޓް އަތުލުން ހުއްޓުވަން ކޯޓަށް ހިނގައްޖެ
ހިޔާ ޓަވަރެއްގެ ދެ އެޕާޓުމެންޓެއް އެއްކޮށްލައި ތަނުގެ ސްޓްރަކްޗާއަށް ބަދަލު ގެނައި މައްސަލައިގައި އެއްބަސްވުން ބާތިލުކޮށް، އެ ދެ ތަން އަތުލަން އާބަންކޯ އިން ނިންމި ނިންމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި، އެ ދެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކުން ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ވީ ކިހިނެއް؟ - ދެ އެޕާޓްމަންޓްގެ ވެރިފަރާތްތަކުން އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީކޮށްދީފަ އެވެ.
ތަފްސީލު - އެއް އެޕާޓްމަންޓްގެ ވެރިފަރާތް އަދި ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހްމަދު ޝަމާލް މިރޭ 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދުނީ މިކަމުގައި އާބަންކޯ އިން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމުން އާބަންކޯ އިން އެ އެޕާޓްމަންޓުތަކުގެ ވެރިންނަށް އެންގީ:
-
އެޕާޓްމަންޓަކަށް 100،000ރ.ގެ މަގުން ޖުމްލަ 200،000ރ.ގެ ޖޫރިމަނާއެއް ފަސް ދުވަހުގެ ތެރޭގައި ދައްކަން
-
އެޕާޓްމަންޓް ހަވާލުކުރިއިރު ހުރި ގޮތަށް (ފާރު އަލުން ރާނައި) ރުޖޫއަކުރަން 10 ދުވަސް ދިން
އެ މުހުލަތު ހަމަވިއިރު ވެސް އާބަންކޯ އިން އެންގި ގޮތަށް ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ، ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލުކޮށް، 14 ދުވަހުގެ ތެރޭގައި އެ ދެ ތަން ހުސްކުރަން އާބަންކޯ އިން ވަނީ މި މަހުގެ 18ގައި އަންގާފަ އެވެ.
ޝަމާލް ވިދާޅުވީ، އާބަންކޯ އިން ފުރަތަމަ ދިން ނޯޓިސްއާ އެކު، މި މައްސަލައިގައި މަޝްވަރާކޮށްގެން ގޮތެއް ހޯދުމަށް މަސައްކަތް ކުރި ކަމަށެެވެ.
"ފުރަތަމަ ކަމަކީ 200،000ރ.ގެ ޖޫރިމަނާއެއް ދައްކަން އެންގީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި. ފަސް ދުވަސް ތެރޭ އެ ވަރަށް ފައިސާ ދެއްކޭނެ ކަމުގެ މާލީ ގާބިލުކަން ނެތް ކަމަށް އޭރު ވެސް އާބަންކޯއަށް ސީޓީއަކުން ދެންނެވިން،" ޝަމާލް ވިދާޅުވި އެވެ.
"ދެ ވަނަ ކަމަކީ، ކިހިނެއް އެންމެ 10 ދުވަސް ތެރޭގައި ފާރު ރާނާނީ؟ އެހެންވެ، އާބަންކޯގައި އެދުނިން އެ މުއްދަތުތައް އިތުރުކޮށްދޭން."
ޝަމާލް ވިދާޅުވީ، އޭނާ ދިރިއުޅެނީ އުމުރުން 8 އަހަރުގެ ކުޑަކުއްޖަކާއި އޯލެވެލް ހަދާ ކުއްޖަކާއި ނުކުޅެދުންތެރިކަން ހުންނަ މީހަކާ އެކު ކަމަށެވެ.
"ދަރިފުޅު އޯލެވެލް އިމްތިހާން އެބަ އޮތް ވަރަށް އަވަހަށް. އެހެންވެ، އޭގެ ފަހުން މުއްދަތުތަކެއް ދިނުމަށް މަޝްވަރާ ކުރީ. ތަނުގެ ފާރެއް ރާނާއިރު، އެ ތަން ވެސް ހުސް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"އެގްރިމަންޓާ ހިލާފަށް ގޯސްކޮށް ކަމެއް ކުރެވުނުކަން އަޅުގަނޑު ވެސް ގަބޫލުކުރަން. އެކަމަކު އޭގެ މާނައެއް ނޫން މީހަކު ކަންބަޅިއެއްހެން ކަތިލުމަކީ."
އާބަންކޯއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު، މުއްދަތު އިތުރުނުކުރެވޭނެކަން މި މަހުގެ 17ގައި އެ ކުންފުނިން އެންގި ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި ހަމަ އެ ދުވަހު، ނޯޓިސްއާ އެއްގޮތަށް ކަންކަން އިސްލާހުކޮށްފައި ނުވާ ކަމަށް ބުނެ، ތަން ހުސް ކުރަން އެންގީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ނިންމުމަކީ ރިޔާސީ އިންތިހާބު ވެސް ކައިރިވާތީ، ހިޔާ ޔޫނިއަންގެ އަޑު ކަނޑުވާލުމަށް ސިޔާސީ ބޭނުމެއްގައި ނިންމި ނިންމުމެއް،" ޝަމާލް ވިދާޅުވި އެވެ.
އެނގުން މުހިންމު - ހިޔާ ފްލެޓުތައް ހަވާލުކުރީ އެ ތަންތަން ލިބޭ މީހުން އަމިއްލައަށް އެތެރޭގެ ފިނިޝިން މަސައްކަތް ނިންމާ ގޮތަށެވެ.
ފުރަތަމަ އެ ތަންތަނަށް މީހުން ބަދަލުވި އިރު، އެތެރޭގެ ސްޓްރަކްޗާއަށް ބަދަލު ގެނައި މީހުން ވެސް ޖޫރިމަނާކުރި އެވެ. އެކަމަކު ދެ ފްލެޓެއް އެއްކޮށްލައިގެން އެއް ފްލެޓަކަށް ބަދަލުކުރިކަން އެނގުނު މިއީ ފުރަތަމަ ފަހަރެވެ.
އާބަންކޯ އިން އާންމުކުރި ފްލެޓުތަކުގެ މަސައްކަތް ކުރުމުގެ އުސޫލުގައި ބުނާ ގޮތުން، ފުލެޓްގެ ފާރެއް ތަޅާލުމަށް ފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ މަނާކަމެކެވެ.
ނަމަވެސް، ސޯޝަލް ހައުސިންގައި ގަވާއިދާ ހިލާފުވެގެން ނުވަތަ ކުލި ނުދައްކައިގެން މިހާ އަވަހަށް ގޮތެއް ނިންމައި މީގެ ކުރިން އެއްބަސްވުން ބާތިލްކޮށްފައެއް ނުވެ އެވެ.
ކޮމެންޓް (6)
ހިޔާ ގަ އުޅޭ ގޮލައެއް
ހަހަ
ޟުހައިލް
ކުރޯ
ޢިސްމާއިލް
ިހިޔާ