ހިޔާގެ ދެ ފްލެޓު އެއްކޮށްލާ ހަދާފައިވާ އެޕާޓުމެންޓު (ފޮޓޯ/ޓްވިޓާ
ހިޔާގެ އެއްކޮށްލި ދެ އެޕާޓްމަންޓް އަތުލަން ނިންމައިފި
ހިޔާ ޓަވަރެއްގެ ދެ އެޕާޓުމެންޓެއް އެއްކޮށްލައި ތަނުގެ ސްޓްރަކްޗާއަށް ބަދަލު ގެނައި މައްސަލައިގައި އެއްބަސްވުން ބާތިލުކޮށް، އެ ދެ ތަން އަތުލަން އާބަންކޯއިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ދެ އެޕާޓުމެންޓް އެއްކޮށްލައިގެން މަތީ ފެންވަރުގެ ހަތަރު ކޮޓަރީގެ އެޕާޓުމެންޓަކަށް ބަދަލުކުރިކަން އާބަންކޯގެ ސަމާލުކަމަށް އައުމުން، އެ ދެ ފްލެޓުގެ ވެރިން 200،000ރ އިން ޖޫރިމަނާކުރީ މީގެ ދެ ހަފުތާ ކުރިންނެވެ.
އެ މައްސަލަ ފެންމަތިވުމުން އާބަންކޯއިން އެ އެޕާޓްމަންޓުތަކުގެ ވެރިންނަށް އެންގީ:
-
ފަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން
-
10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލުކުރިއިރު ހުރި ގޮތަށް (ފާރު އަލުން ރާނައި) ރުޖޫއަކުރަން
ތަފްސީލު - އެ މުހުލަތުތައް ހަމަވިއިރު ވެސް އާބަންކޯއިން އެންގި ގޮތަށް ޖޫރިމަނާ ދައްކާފައެއް ނުވެ އެވެ. އަދި އިންފާރު ރާނައި، ކުރިން ހުރި ގޮތަށް ރުޖޫއަކޮށްފައެއް ވެސް ނުވެ އެވެ.
އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން އާބަންކޯއިން މިއަދު ނިންމީ އެ ދެ އެޕާޓްމަންޓުގެ އެއްބަސްވުން ބާތިލުކުރުމަށެވެ.
އާބަންކޯއިން ބުނީ 14 ދުވަހުގެ ތެރޭގައި އާބަންކޯއާ ފްލެޓުތައް ހަވާލުކުރަން ވެރިފަރާތަށް އަންގާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ހިޔާގެ ދެ ފްލެޓް އެއްކޮށްލައިގެން އުޅެނީ ހިޔާގެ ވަޒަންވެރިންގެ ހައްގުގައި މަސައްކަތްކުރާ ހިޔާ ޔޫނިއަން ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ޝަމާލް އާއި އޭނާގެ ތިމާގެ މީހެއް ކަމަށްވެ އެވެ.
އެނގުން މުހިންމު - ހިޔާ ފްލެޓުތައް ހަވާލުކުރީ އެ ތަންތަން ލިބޭ މީހުން އަމިއްލައަށް އެތެރޭގެ ފިނިޝިން މަސައްކަތް ނިންމާ ގޮތަށެވެ. ފުރަތަމަ އެ ތަން ތަނަށް މީހުން ބަދަލުވި އިރު އެތެރޭގެ ސްޓްރަކްޗާއަށް ބަދަލު ގެނައި މީހުން ވެސް ޖޫރިމަނާކުރި އެވެ. އެކަމަކު ދެ ފްލެޓެއް އެއްކޮށްލައިގެން އެއް ފްލެޓަކަށް ބަދަލުކުރިކަން އެނގުނު ފުރަތަމަ ފަހަރަކީ މި އެވެ.
އާބަންކޯ އިން އާންމުކުރި ފްލެޓުތަކުގެ މަސައްކަތް ކުރުމުގެ އުސޫލުގައި ބުނާ ގޮތުން، ފުލެޓްގެ ފާރެއް ތަޅާލުމަށް ފަހު ކޮޓަރި ވަކިކޮށް ނުވަތަ ގުޅުވުމަކީ މަނާކަމެކެވެ.
ނަމަވެސް ސޯޝަލް ހައުސިންގައި ގަވާއިދާ ހިލާފުވެގެން ނުވަތަ ކުލި ނުދައްކައިގެން މިހާ އަވަހަށް ގޮތެއް ނިންމައި، މީގެ ކުރިން އެއްބަސްވުން ބާތިލްކޮށްފައެއް ނުވެ އެވެ.
ކޮމެންޓް (3)
ތިޔަރަ
އަދުރޭ
ރައިސް މީހާ