ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ހުސެން ރިޒާ އާދަމް. (ފޮޓޯ/ ޓްވިޓާ، ހުސެއިން ރިޒާ އާދަމް

ޕީޕީއެމުން ރިޝްވަތުގެ ތުހުމަތުކުރަނިކޮށް ރިޒާގެ މަރުހަބާ ޝާޒްއަށް

އެމްޑީޕީން ގުރައިދޫގެ ގޮނޑި ކާމިޔާބުކުރީ ފައިސާ ބަހައިގެން ކަމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ތުހުމަތުކުރައްވާފައިވޭ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ނަގާފައިވަނީ ފައިސާ ބަހައި ރިޝްވަތު ދީގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުން ދަނިކޮށް، އެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާދަމް، އެ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހިމް ޝާޒްއަށް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކ. އަތޮޅުގެ ދާއިރާއެއްގެ ގޮނޑި ކާމިޔާބުކުރެއްވި ޝާޒްއަށް މަރުހަބާ ދަންނަވަމުން ރިޒާ ކުރެއްވި ޓުވީޓާ އެކު، ދެ ބޭފުޅުން އެއްކޮށް ތިއްބެވި ފޮޓޯއެއް ވެސް ހިއްސާކުރައްވާފައިވެ އެވެ.

ބުނީ ކީކޭ؟ - "ނިމިދިޔަ އިންތިހާބު ކާމިޔާބުކުރެއްވި އަޅުގަނޑުގެ އަހު އިބްރާހިމް ޝާޒްއަށް އިހްލާސްތެރި ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވަން،" ރިޒާ ވިދާޅުވި އެވެ.

"މި ފުރުސަތުގައި އަޅުގަނޑަށް ވޯޓު ދެއްވައި ބެހެއްޓެވި ގާތް ކަމަށް ގުޅި، ގުރައިދޫ އަދި މާފުށީގެ ރައްޔިތުންނަށް އިހްލާސްތެރި ޝުކުރެއް ދަންނަވަން. އަދި އަޅުގަނޑުގެ ކެމްޕެއިން ޓީމަށާއި ޕީޕީއެމްގެ ލީޑާޝިޕަށް ހާއްސަ ޝުކުރެއް ދަންނަވަން."

ރިޒާ ބަލި ގަބޫލުކުރައްވައި ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށް ބުނެ ބައެއް މީހުން އަންނަނީ އޭނާއަށް ތައުރީފު ކުރައްވަމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، މިދިޔަ ތިން ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.

އެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހުސައިން ރިޒާ އަކީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ

  • އިބްރާހީމް ޝާޒު (އެމްޑީޕީ) - 1،346

  • ހުސައިން ރިޒާ އާދަމް (ޕީޕީއެމް) - 1،226

  • އަލީ އަރީފް (އެމްއެންޕީ) - 122

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

ބީރު

16 އޭޕްރީލު 2023
ބޮޑު ކުރި ޓެކްސް އަށް ރައްޔިތުން އާއެކޭ ބުނެފި ޔޯގާ ޖައްސާ ޖޭ ހިންދު ގޮވުމަށް އާއެކޭ ބުނެފި އުފެއްދި ސިޔާސީ ވަޒީފާ ތަކަށް އާއެކޭ ބުނެފި ނޭޅުނު ބުރިޖާ އަންނަނީ އަންނީގެ ވައުދު ތަކަށް އާއެކޭ ބުނެފި ސިނަމާލެ ބުރިޖާ ދަރުމަވަންތަ ހޮސްޕިޓަލުގެ ތަރައްގީއަށް ނޫނެކޭ ބުނެފި އަދުގެ ދިވެހިން ފަސޭހަ ކަމާ އެކު 2023 އިބޫ ނަގާނެ
1 2

މޮޑަފް

16 އޭޕްރީލު 2023
ޕީޕީ މީހުން ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ބޮލުގަ އެއަޅުވަނީ ރިޝްވަތު ނެގި ކަމުގެ ހުތުރު ބަދުނާމް. ރައްޔިތުން މިކަމަށް ވިސްނާތި ދެން އަންނަ އިންތިހާބެއްގަ. ރިޒާ މެނަށް ވިސްނޭ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް