ގުރައިދޫ ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ޕީޕީއެމުން ކޮންޓްރޯލްކުރަމުން އައި ގުރައިދޫ ދާއިރާ އެމްޑީޕީއަށް ފުރޮޅިއްޖެ
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން ކާމިޔާބުކޮށްފި އެވެ. އެއާ އެކު، އިދިކޮޅު ޕީޕީއެމުން ޒަމާނުއްސުރެ ކޮންޓްރޯލް ކުރަމުން އައި، އެ ޕާޓީގެ ތާއީދު ބޮޑު ދާއިރާއެއް އެތައް އަހަރެއް ފަހުން މި ވަނީ އެމްޑީޕީއަށް ފޮރުޅިފަ އެވެ.
ވީ ކިހިނެއް؟ - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، މިދިޔަ ތިން ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.
މިއަދު ބޭއްވި އިންތިހާބުގައި ތިން ޕާޓީއަކުން ތިން ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ:
-
ހުސައިން ރިޒާ އާދަމް، ސީވީޑް/ކ. ގުރައިދޫ (ޕީޕީއެމް) - އޭނާ އަކީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ
-
އިބްރާހީމް ޝާޒު، ފައިވްރޯސް/ކ. ގުރައިދޫ (އެމްޑީޕީ)
-
އަލީ އަރީފް، ފިޔާތޮށިގެ/ކ. ގުރައިދޫ (އެމްއެންޕީ)
އިންތިހާބުގެ ވަގުތީ ނަތީޖާ
ހުސައިން ރިޒާ އާދަމް (ޕީޕީއެމް):
-
މާލެ ފޮށި - 150
-
މާފުށީ 1 ނަންބަރު ފޮށި - 226
-
މާފުށީ 2 ނަންބަރު ފޮށި - 179
-
ގުރައިދޫ 1 ނަންބަރު ފޮށި - 219
-
ގުރައިދޫ 2 ނަންބަރު ފޮށި - 210
-
ގުޅީ ފޮށި - 242
-
ޖުމްލަ ވޯޓު: 1،226
އިބްރާހީމް ޝާޒު (އެމްޑީޕީ):
-
މާލެ ފޮށި - 162
-
މާފުށީ 1 ނަންބަރު ފޮށި - 308
-
މާފުށީ 2 ނަންބަރު ފޮށި - 196
-
ގުރައިދޫ 1 ނަންބަރު ފޮށި - 179
-
ގުރައިދޫ 2 ނަންބަރު ފޮށި - 246
-
ގުޅީ ފޮށި - 255
-
ޖުމްލަ ވޯޓު - 1،346
އަލީ އަރީފް (އެމްއެންޕީ):
-
މާލެ ފޮށި - 20
-
މާފުށީ 1 ނަންބަރު ފޮށި - 27
-
މާފުށީ 2 ނަންބަރު ފޮށި - 24
-
ގުރައިދޫ 1 ނަންބަރު ފޮށި - 21
-
ގުރައިދޫ 2 ނަންބަރު ފޮށި - 14
-
ގުޅީ ފޮށި - 16
-
ޖުމްލަ ވޯޓު - 122
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން މިއަދު ވޯޓުލާފައިވަނީ 2،755 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި 17:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް pic.twitter.com/DUjySOrYty
— Elections Commission (@ElectionsMv) April 15, 2023
ގުޅުންހުރި ކަމެއް - ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިމެން ކައިރިވުމާ ހަމައަށް ވެސް ދިޔައީ އޮމާންކޮށެވެ.
ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ވަގުތު އިތުރުކުރަން ނިންމުމުން އިންތިހާބުގައި ވާދަކުރި ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީއިން ވަނީ އެ ކަމަށް ފާޑުކިޔާފަ އެވެ. ސަބަބަކީ، ވާދަކުރާ ޕާޓީތަކާ މަޝްވަރާ ނުކޮށް ވޯޓުލުމުގެ ވަގުތު އިތުރު ކުރުމުންނެވެ.
އޭގެ އިތުރުން، މާލޭގެ ވޯޓު ފޮއްޓަށް، ގަޑިޖެހުނު ފަހުން މީހަކު ވޯޓުލާން އުޅުނު ކަމަށް ބުނެ އިދިކޮޅުން ހުރަސް އެޅުމުން ވޯޓުލާ މަރުކަޒު (އިއްޒުއްދީން ސްކޫލް)އަށް އެސްއޯ ފުލުހުން ވަނުމުން އެކަމާ ދެކޮޅު ހަދައި އިދިކޮޅުން މުޒާހަރާ ކުރި އެވެ. ރޯދަ ވީއްލާ ގަޑި ކައިރިވިއިރު ވެސް އިދިކޮޅުގެ ސަޕޯޓަރުން ތިބީ ވޯޓުލާ މަރުކަޒުގެ ބޭރުގައި މުޒާހަރާ ކުރުމުގަ އެވެ.
ކޮމެންޓް (1)
ސުމަޅޭ