ގާސިމް އާއި ފާރިސް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް

ފާރިސްއަކީ ރަނިން މޭޓަކަށް ގާބިލު ބޭފުޅެއް: ގާސިމް

ގާސިމް ވިދާޅުވީ، ފާރިސް ރަނިން މޭޓަކަށް ހަމަޖެއްސުމަކީ އޭނާގެ އަމިއްލަ ނިންމުމަކަށް ނުވާނެ ކަމަށާއި އެ ކަމުގައި ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށް

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ގާބިލު ބޭފުޅެއް ކަމަށް، އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގާސިމް މިއަދު ވަނީ އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާ ބައްދަލުކުރައްވާފަ އެވެ. މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގައި ބޭއްވި މި ބައްދަލުވުމަށް ފަހު އެ ބޭފުޅުން އެ ތަނުން ނުކުމެވަޑައިގަތުމުން، ''ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވަނީ، ފާރިސް ރަނިން މޭޓަކަށް ހަމަޖެއްސުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

ގާސިމްއާ ބައްދަލުކުރެއްވުމަށް މައުމޫނާއި ފާރިސް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މައުމޫނާ ބައްދަލުކުރެއްވުމަށް ގާސިމް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބުނީ ކީކޭ؟ - "ހަމަ ޕޮސިބަލް ދެއްތޯ. ކީއްވެގެންތޯ ނުވާންވީ. އެއީ ހަމަ ޕޮސިބަލް ކަންތައްތައް. ވައި ނޮޓް؟ މިހެން މި ދެންނެވީ ގާބިލު، ތައުލީމީ ބޭފުޅެއް އެ ބޭފުޅާ އަކީ،" ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ގާސިމް ވިދާޅުވި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ފާރިސް ރަނިން މޭޓަކަށް ހަމަޖެއްސުމަކީ އޭނާގެ އަމިއްލަ ނިންމުމަކަށް ނުވާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށެވެ.

މައުމޫނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ)

ޖޭޕީއާ އެކު އެމްއާރުއެމުން ކޯލިޝަނެއް ހަދައި ޖޭޕީގެ ކެންޑިޑޭޓުގެ ރަނިން މޭޓަކަށް ފާރިސް ހަމަޖެއްސުމާ ބެހޭ ހުށަހެޅުމެއް މިއަދުގެ ބައްދަލުވުމުގައި ހުށަހަޅާފައިވާނެތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ އެއްވެސް ހުށަހެޅުމެއް ހުށަހަޅަން ޖެހޭ ހިސާބަށް މަޝްވަރާތައް އަދި ނުދާ ކަމަށެވެ.  މުޅިން ވެސް މަޝްވަރާކޮށްފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތަކާ މެދު އެވެ.

"އަޅުގަނޑުމެން ޕާޓީން ނިންމާ ގޮތަކަށް ދެއްތޯ ދާނީ. އެކަހަލަ ހިސާބަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ކަން ނޭނގެ ކުރި މަރާފައި އެ ވާހަކަ ދެންނެވުން. ޕާޓީގެ ޒައީމް [މައުމޫން] ވެސް ވިދާޅުވި ފަދައިން ކޮންމެ ކަމެއް ވުމުގެ ފުރުސަތު އެބަ އޮތް،" ފާރިސް ވިދާޅުވި އެވެ.

ޖޭޕީ އާއި އެމްއާރުއެމްއިން ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް އާއި ފާރިސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ފާރިސް އިތުރަށް ވިދާޅުވީ:

  • އެމްއާރުއެމްއިން ކުރަމުން އަންނަނީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް 

  • ރިޔާސީ އިންތިހާބާ ގުޅިގެން އެ ޕާޓީން ނިންމާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް؛ އެއީ އެމްއާރުއެމްއިން ކެންޑިޑޭޓަކު ނެރުން ކަމަށްވާ ނަމަ، އެކަން ވެސް ކުރާނަން

  • އެމްއާރުއެމްގެ ނިންމުން އަވަސް ކުރުމަށް ބައެއް ބޭފުޅުން އެދިވަޑައިގަންނަވާ؛ މިއީ އަވަސް އަރުވާލައިގެން ނިންމާލެވޭ ވަރުގެ ނިންމުމެއް ނޫން

ފާހަގަކޮށްލެވޭ ކަމެއް - މި ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ފާރިސް ވިދާޅުވީ، ގައުމު އިސްލާހުކުރަން އޮތް މަގަކީ އޭނާ ވެރިކަމަށް ކުރިމަތިލެއްވުން ކަމަށްވާ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށެވެ. ބައްދަލުވުމުގެ ކުރިން މައުމޫން ވިދާޅުވީ، އެމްއާރުއެމްއިން އިދިކޮޅު ޕީޕިއެމްއާ އެކު ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (3)

ފާރިސް

20 މާރިޗު 2023
ގާސިމް މާ ރަގަޅު ފާރިސް ގެ ރަނިން މޭޓަކަށް. ބަލަ ފާރިސް އެއް ނޫޅޭ ރަނިން މޭޓުކަން ނުލިބިގެނެއް..... ފާރިސް އަކީ މެއިން ކެންޑިޑޭޓް
1 0

އިއްސެ

20 މާރިޗު 2023
އެންމެންނެއް ހައްދައިގެނެއް އަބަދަކު ނޫޅެވޭނެ
2 0

ތިންހާސް

20 މާރިޗު 2023
ބަލަ ދެން އަންނި؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް