ގާސިމާ ބައްދަލުކުރެއްވުމަށް މައުމޫނާ އެކު ފާރިސް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް
ވެރިކަމަށް ކުރިމަތިލާނެ ހާލަތެއް އަތުވެއްޖެ ނަމަ އިންތިހާބަށް ނުކުންނާން: ފާރިސް
ގައުމުގެ ކަންކަން އިސްލާހުކުރަން ޕާޓީތަކާ އެކު ކުރަމުން އަންނަ މަޝްވަރާތަކަށް ފަހު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ވާދަކުރައްވާނެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - އެމްއާރްއެމްގެ ޒައީމް މައުމޫނާއި އެ ޕާޓީގެ ރައީސް ފާރިސް މިއަދު ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވާފަ އެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގޭގައި ބޭއްވި އެ ބައްދަލުވުމުގެ ކުރިން މީޑިއާތަކާ ވާހަކަދައްކަވަން މައުމޫނާއި ފާރިސް ވެސް މަޑުކޮށްލެއްވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރައްވާނެ ކަމުގެ އަޑުތަކާ އެކު އޭނާ ކުރިމަތިލާން ގޮވާލައި ކެމްޕެއިނެއް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކުރަމުން އެބަދެ އެވެ.
It’s time for a change! Let’s make our nation great with @afarismaumoon #faris2023 pic.twitter.com/Z7JqT0ZMIe
— Let’s Make Maldives Great (@truths_hopes) March 18, 2023
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން، ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވަންތޯ 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި ފާރިސް ވިދާޅުވީ:
-
ގައުމުގެ ކަންކަން އިސްލާހުކުރަން އެންމެ ރަނގަޅު މަގަކީ އެއީ ކަމަށް ވަންޏާ އެކަން ވެސް ކުރާނަން
-
އެ ހިސާބަށް ދިއުމުގެ ކުރިން ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރެވެމުން އެބަދޭ
-
މަޝްވަރާ ކުރަނީ ގައުމަށް އޮތް އެންމެ ރަނގަޅު ގޮތް ހޯދުމަށް އަދި އެކަން ހާސިލުކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން
"އަޅުގަނޑު ދަންނަވާނީ ގައުމުގެ ކަންކަން އިސްލާހުކުރަން އެންމެ ރަނގަޅު މަގަކީ އެއީ ކަމަށް ވަންޏާ އަޅުގަނޑު އެކަން ވެސް [އިންތިހާބުގައި ވާދަ]ކުރާނަން،" ފާރިސް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ މައުމޫންއާ 'ދައުރު'ން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، ފާރިސް އަކީ ވެސް މިހާރު "ބޮޑު ފިރިހެނެއް" ކަމަށާއި ވެރިކަމަށް ކުރިމަތިލުމަކީ ފާރިސްއަށް ވެސް އޮތް "ހައްގެއް" ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަކި ހާއްސަ ގޮތަކަށް ދެކިވަޑައިނުގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރުގެ ކޯލިޝަންގައި އެމްއާރްއެމް ހިމެނުނަސް، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމާ ގުޅޭ ގޮތުން އެ ޕާޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ރައީސް ސޯލިހާއި މައުމޫން ވެސް އިއްޔެ ވަނީ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް، އެ ބައްދަލުވުމުން ވެސް ކޯލިޝަނާ މެދު ވަކި ގޮތެއް ނުނިމުނެވެ.
ކޮމެންޓް (3)
ދިވެހިމާލިމީ
ނަރަކަ
އިއްސެ