އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް: މައުމޫން

މައުމޫން ވިދާޅުވީ، ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަކީ ވެެސް ވެދާނެ ކަމެއް ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ޕީޕީއެމްއާ އެކު ވެސް ކޯލިޝަން ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެ ޕާޓީއާ އެކު ވެސް ކޯލިޝަން ހަދާނެ ކަމަށް އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައުމޫން ފައުންޑޭޝަންގެ އޮފީހުގައި، އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވުމުގެ ކުރިން 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ، ޕީޕީއެމްއާ އެކު އެމްއާރުއެމް އިން ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަކީ ވެެސް ވެދާނެ ކަމެއް ކަމަށެވެ.

ބުނީ ކީކޭ؟ - "ހުރިހާ ކަމަކީ ވެސް ވެދާނެ ކަމެއް،" ކުރީގެ ރައީސް ވިދާޅުވި އެވެ.

"ކޮންމެ ކަމެއް ވެސް އެ ކަމެއްގެ ވަގުތުގައި އެ ކަމާ ބެހޭ މަޝްވަރާތަކެއް ކޮށްފައި ގޮތެއް ނިިންމާނީ. ކުރިއަކުން ބުނާކަށް ނޭނގޭ... ހުރިހާ ކަމަކަށް ވެސް ފުރުސަތު އެބައޮތް."

އިންތިހާބާ ގުޅޭ ގޮތުން އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައްދަލުކުރެއްވުމަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް

އެނގުން މުހިއްމު - ޕީޕީއެމް އުފެއްދީ މައުމޫން އިސްކޮށް ހުންނަވައިގެންނެވެ. އެގޮތުން:

  • ޕީޕީއެމްގެ ރައީސްކަން ވެސް ކުރެއްވި މައުމޫޫން 2016ގައި ޕީޕީއެމް އިން ވަކިވެވަޑައިގެން، އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ކޮއްކޯފުޅު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން

  • އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިިން ޕީޕީއެމްގައި ވަކި ފެކްޝަނެއް ހަދައިގެން ވެސް މައުމޫން މަސައްކަތް ކުރެއްވި

  • ޕީޕީއެމްގެ ކޮންޓްރޯލް ޔާމީން ނެންގެވީ ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅުއްވައިގެން

ގުޅުން ހުރި ކަމެއް - މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒައީމް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ވަކި ގޮތެއް އެމްއާރުއެމް އިން އަދި ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް (3)

ދިވެހިން ވިސްނާ މިކަމަށްވެސް

20 މާރިޗު 2023
ސިޔާސީ މީހުން ކޮއްފައި ނުކުރާނެ ކަމެއް ނޭނގޭނެ ،، މައުމޫމޫން އުޅުއްވަނީ ރާއްޖޭގައި އުފެދިފައިވާ ކިރިޔާވެސް ބަސްބުނެވޭ ލެވެލްއެއްގައި ޕާރޓީތަކަށް ދަރިން ބަހައިގެން ހުރިހާ ކޮޅަކުން ފަރީއްކުޅުއްވަން.. ކޮންމެ ސަރުކާރެއް އަޔަސް މައުމޫން އާއިލާއަށް ދައުލަތުން ބައިއެޅޭ ގޮތަށް އައިލާގެ ލެގަސީ ހިފައްޓަން ވަރަށް ބުރަކޮށް މަނިކުފާނު އުޅުއްވަނީ..
2 0

ފަލަކީ

20 މާރިޗު 2023
އަދި ވެސް މީ ދޯ ކާލާ މަންނަ
2 0

ތިންހާސް

20 މާރިޗު 2023
3000 ހަމަ ނުވެގެން އުވާލާނެ ކަމަގު ބިރު ހީވެފަ އޮންނަ ކުދިންވެސް ހާދަ އާޓު ބޮޑޭ ދޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް