ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ). (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފިޗް ރޭޓިން

މިއަހަރުގެ ދަރަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ދައްކައިފި: ފިޗު

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތުން ދައްކަންޖެހޭ ބޭރުގެ ދަރަނި 1.1 ބިލިއަން ޑޮލަރަށް އަރާ؛ މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މިދިޔަ އޭޕްރިލް މަހު އަނބުރާ ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކް
3 ޖޫން 2026
2

ރާއްޖޭން މި އަހަރު ދައްކަންޖެހޭ ދަރަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ދައްކާފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ރޭޓިން އެޖެންސީ ފިޗުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިޗުން މިގޮތަށް ހާމަކުރީ ރާއްޖެއަށް ދީފައިފާ ކްރެޑިޓް ރޭޓިން މަތިކޮށް ނެރުނު ބަޔާނުގަ އެވެ. ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މަތިކޮށްފަ އެވެ.

ތަފްސީލް - ފިޗުގެ އެންމެ ފަހުގެ ރޭޓިން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތުން ދައްކަންޖެހޭ ބޭރުގެ ދަރަނި 1.1 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ މިދިޔަ އޭޕްރިލް މަހު އަނބުރާ ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކެވެ.

މި އަހަރުގެ ބާކީ އޮތް ހަ މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރުގެ ދަރަނީގެ މިންވަރަކީ 535 މިލިއަން ޑޮލަރެވެ.

އޭޕްރިލް މަހު ސުކޫކަށް ފައިސާ ދެއްކުމާ އެކު، ކުރިއަށް އޮތް ކުރު މުއްދަތުގައި ދަރަނި އަދާކުރުމަށް އޮތް ތާށިކަން ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މަތިކުރުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް މި ދަރަނި އަދާކުރުން ކަމަށް ފިޗުން ފާހަގަކުރެ އެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިއީ ސަރުކާރުގެ ހަރުދަނާ ދަރަނި މެނޭޖްކުރުމުގެ ސިޔާސަތުގެ ނަތީޖާ އެވެ. އަދި މިއީ އާންމު ހިދުމަތްތަކަށާއި އިގުތިސާދީ ހަރަކާތްތަކަށް ހުރަސްނޭޅޭ ގޮތަށް ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި ދަރަނިތައް އަދާކުރެވުނީ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކާ އެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދަރަނި އަދާކުރުމުގައި ލިބުނު މި ލުޔާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދު ހަރުދަނާކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެންނަމުން، ޒިންމާދާރުކަމާ އެކު ދަރަނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި - ފިޗުގެ އިތުރުން ރާއްޖެއަށް ކްރެޑިޓް ރޭޓިން ދެނީ މޫޑީސް އިންނެވެ. އެ އެޖެންސީން މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކޮށްފަ އެވެ.

އެނގުން މުހިންމު - މި އަހަރު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ދައްކާފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

4 ޖޫން 2026
ހަރުދަނާ އިގްތިސާދީ ސިޔާސަތޭ ކިޔައިގެން އަރާތިބެ ފޮނި މިކަނޑަނީ ދަރަންޏަށް ފައިސާ ނަގައިގެން ދަރަނި ދައްކައިގެން!!!
0 0

ޙަސަނު

3 ޖޫން 2026
ކޮބާފެނޭތަ ތަމެންނަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް