އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުން.

ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނީ 282 މިލިއަން ރުފިޔާ

މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަޑާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް މަދުވެގެން އަހަރަކު 400 މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް

ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނީ 282 މިލިއަން ރުފިޔާގެ (18 މިލިއަން ޑޮލަރު) އާމްދަނީއެއް ކަމަށް އިކޮނޮމިން މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް މަދުވެގެން އަހަރަކު 400 މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށެވެ. އެ އަމާޒުގައި ބަންކަރިންގެ ހިދުމަތް ފެށީ: 

  • މިދިޔަ އަހަރުގެ 10 ސެޕްޓެމްބަރުގައި 

  • އެ ހިދުމަތުގެ ދަށުން އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު މިއަދު ވިދާޅުވީ ބަންކަރިން އިން މިހާތަނަށް 282 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު 24 މިލިއަން ރުފިޔާގެ ޓެކްސް އާމްދަނީ ވެސް ހިމެނޭ ކަމަށެވެ.

"ބަންކާކުރި ޕްރޮޑަކްޓުގެ %76 އަކީ [ލޯ ސަލްފާ ފިޔުލް] ރާއްޖެ އަށް މުޅިން އަލަށް ގެނެސްގެން ބަންކާކުރާ އެއްޗެއް. އެހެންވީމާ މިއީ ބޮޑު ކާމިޔާބީއެއް،" ސައީދު ވިދާޅުވި އެވެ.

"މިއީ މި ސަރުކާރުގައި ފެށިގެން ދިޔަ މުހިއްމު މަސައްކަތެއް. އަދި މީގެ މުސްތަގުބަލް އޮތީ. މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން ކޮޅެއްގައި ނުޖައްސާ."

އެނގުން މުހިއްމު - އިވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށް މިދިޔަ މެއި މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.

"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ޖަލްސާގައި ޝިމާދު ވިދާޅުވީ:

  • ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންލައިނާއަށް އެސްޓީއޯއިން ބަންކަރިން ހިދުމަތް ދިން

"މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ދާކަން،" ޝިމާދު ވިދާޅުވި އެވެ.

ކޮމެންޓް (1)

އާރީ

25 ޑިސެމްބަރު 2025
ރަށްެއިތުންނަށް އޮޅުވާނުލާ. މާލޭ ސަރަހައްދުގަ އެސްޓީއޯ ބޯޓަށް ތެޔޮއަޅާފަ މި ކިޔަނި ބަންކަރިންނޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް