އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ބަންކަރިންއިން ލިބޭނޭ ކަމަށް ލަފާކުރީ 400 މިލިއަން ޑޮލަރު؛ ލިބުނީ 12 މިލިއަން ޑޮލަރު
ބަންކަރިން ހިދުމަތް ދޭން ފެށިތާ އަހަރެއް ތެރޭ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 192 މިލިއަން ރުފިޔާ ނުވަތަ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަޑާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް މަދުވެގެން އަހަރަކު 400 މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށެވެ. އެ އަމާޒުގައި ބަންކަރިންގެ ހިދުމަތް ފެށީ:
-
މިދިޔަ އަހަރުގެ 10 ސެޕްޓެމްބަރުގައި
-
އެ ހިދުމަތުގެ ދަށުން އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެއް އަހަރެއްހާ ދުވަސް ތެރޭ ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީން ޓެކުހުގެ ގޮތުގައި 17 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެ ހިދުމަތް ފެށިފަހުން މިހާތަނަށް ބަންކަރިން ހިދުމަތުން އާމްދަނީގެ ގޮތުގައި 192 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުން ދައްކާ ކަމަށެވެ.
"މީގެ ތެރެއިން %83އަކީ ލޯ ސަލްފާ ފިޔުލްކަން ފާހަގަ ކުރަން. މިއީ ރާއްޖެއަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން،" ސައީދު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - އިހަވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށް މިދިޔަ މެއި މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.
"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެ ޖަލްސާގައި ޝިމާދު ވިދާޅުވީ:
-
ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންލައިނާއަށް އެސްޓީއޯއިން ބަންކަރިން ހިދުމަތް ދިން
"މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ދާކަން،" ޝިމާދު ވިދާޅުވި އެވެ.
ކޮމެންޓް (3)
ތެފައާސާ.
ނަންނުގަތި
ތެފައާސާ.