ކުޑަގިރި. (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ކުޑަގިރީގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަނީ
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދާން ތަރައްގީކުރި ކ. ކުޑަގިރީގައި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއްޔެ އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީގެ އިއުލާނުގައި ބުނި ގޮތުގައި، ކެފޭ ހިންގުމަށް 1541.71 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން ނިންމާފައިވެ އެވެ.
ތަފްސީލް - ބިޑު ހުށަހަޅަން ޖެހޭ ގޮތަކީ:
-
1-
ބިޑު ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުން - ޒޫމް މެދުވެރިކޮށް 27 އޭޕްރީލްގެ މެންދުރު ފަހު 2ގައި
-
2-
ބިޑާ ގުޅޭ ސުވާލުތައް ކުރުމަށް - 30 އޭޕްރީލްގެ މެންދުރު ފަހު 2ގެ ކުރިން [email protected] މެދުވެރިކޮށް
-
3-
ޕްރޮޕޯސަލް ހުށަހެޅުމަށް - 13 މޭގެ މެންދުރު ފަހު 1-2އަށް އެޗްޑީސީގެ މައި އޮފީހުގައި
އެޗްޑީސީން ބުނި ގޮތުގައި؛ އެ ތަން ކުއްޔަށް ދެނީ:
-
ފަސް އަހަރަށް
-
ފުރަތަމަ އަހަަރުގެ ކުއްޔަކީ މަހަކު ކޮންމެ އަކަފޫޓަކަށް 15ރ.؛ މަހަކު ޖުމްލަ 23،125.65ރ.
-
2-5 އަހަރަށް މަހަކު ދައްކާނެ ކުލި ހުށަހަޅަން ޖެހޭ؛ އެންމެ މަދުވެގެން 15ރ. ހުށަހަޅަން ޖެހޭނެ
-
އެ ތަން ތަރައްގީކުރަން ގާތްގަނޑަކަށް 308،342ރ. ހަރަދުވާނެ
ފާހަގަކޮށްލެވޭ - ކުޑަގިރިއަށް ދެ އަހަރު ތެރޭ 54،724 މީހުން ދަތުރު ދިޔަ ކަމަށް އެ ރަށް ބަލަހައްޓާ އެޗްޑީސީން މިދިޔަ ފެބްރުއަރީގައި ބުންޏެވެ.
ޒަމާނީ ވަސީލަތްކާއި ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރު ވެސް އެބަހުއްޓެވެ. ނަމަވެސް ދެ އަހަރު ފުރުނު އިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.