ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސް ދެ ބޯޓު ފައްތަނީ

އެޗްޑީސީ

ފީނާ މީހުންނަށް ކުޑަގިރިފަޅަށް 2 މަތިންދާބޯޓު ފައްތައިފި

މިތަނަށް ފެއްތީ ކުރިން އެއާ މޯލްޑިވްސް އިން ބޭނުން ކުރި މިހާރު ހަލާކުވެފައިވާ ދެ ބޯޓު

ޑައިވްސައިޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކ. ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސް ދެ މަތިންދާބޯޓު މިއަދު ފައްތައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީން މިއަދު ބުނި ގޮތުގައި، މިއީ އެމްއެމްޕީއާރްސީ އާއި އެމްޓީސީސީ ގުޅިގެން، އެ ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ ތަނެކެވެ.

ތަފްސީލް - އެޗްޑީސީން އާއްމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު:

  • މަތިންދާބޯޓުތައް މޫދަށް ފައްތާ ތަން ފެންނަނީ އޭގައި ބަރު ހަރުކޮށްގެން، މޫދުގައި އެ އެއްޗެހި ހަރުލާފައި ހުންނަ ގޮތް ހަދައިގެން

  • މަތިންދާބޯޓުތައް ފަޅަށް ގެންގޮސްފައިވަނީ ބާޖެއްގައި

  • އެ ކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާ ތަން ފެނޭ

ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސް ދެ ބޯޓު ފައްތަނީ

ކުޑަގިރި ފަޅުގައި މި ޑައިވްސައިޓު ތަރައްގީ ކުރަނީ، ތިމާވެއްޓަށް ގެއްލުން ވެދާނެތޯ ބަލައި އީއައިއޭ ހަދައިގެންނެވެ.

މިއީ ރާއްޖޭގައި ތަރައްގީ ކުރާ މިފަދަ ފުރަތަމަ ޑައިވްސައިޓެވެ. މިތަނަށް ފެއްތީ ކުރިން އެއާ މޯލްޑިވްސް އިން ބޭނުން ކުރި މިހާރު ހަލާކުވެފައިވާ ދެ ބޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް