ކުޑަގިރި ޕިކްނިކް އައިލެންޑަށް 2 އަހަރު ފުރުން ފާހަގަ ކުރުން (ފޮޓޯ/އެޗްޑީސީ)

ކުޑަގިރި

ދެ އަހަރު ތެރޭ 54،000 މީހުން ކުޑަގިރި އަށް ދިޔަ

އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ވަނީ ނިންމާފައި

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކު ދިޔުމަށް ތަރައްގީކުރި ކުޑަގިރިއަށް ދެ އަހަރު ތެރޭ 54،724 މީހުން ދަތުރު ދިޔަ ކަމަށް އެ ރަށް ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުޑަގިރިއަށް ދެ އަހަރު ފުރުން ފާހަގަ ކުރުން އެޗްޑީސީ އިން ވަނީ އެ ރަށުގައި ހިޔާ ދޭ ގަސް އިންދުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފަ އެވެ.

ތަފްސީލް - އެ ކުންފުނިން ބުނީ އެމްޑީ މުހައްމަދު މައުރޫފް ޖަމީލާއި ބޯޑު މެންބަރުންގެ ބައިވެރިވުމާ އެކު އެ ހަރަކާތް ކުރިއަށް ގެންދިޔައީ އެ ރަށުގައި އަދި ވެސް ހިޔާދޭ ގަސްތައް މަދުވުމުން ކަމަށެވެ.

މިއީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަށް 2 އަހަރު ފުރުން ފާހަގަ ކުރުން (ފޮޓޯ/އެޗްޑީސީ)

އެޗްޑީސީގެ ވެރިން އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވައި ރަށުގެ އިންތިޒާމުތައް ވެސް ވަނީ ބައްލަވާލައްވައިފަ އެވެ.

އެޗްޑީސީ އިން ބުނީ އެ ކުންފުނީގެ ހިސާބުތަކަށް ބަލާއިރު:

  • ދެ އަހަރު ތެރޭ 54،724 މީހުން ކުޑަގިރި އަށް ދިޔަ ކަމަށް

  • ކަސްޓަމާ ސެޓިސްފެކްޝަން ހުރީ %70 އިން މަތީގައި

ޒަމާނީ ވަސީލަތްކާއި ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރު ވެސް އެބަހުއްޓެވެ. ނަމަވެސް ދެ އަހަރު ފުރުނު އިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަށް 2 އަހަރު ފުރުން ފާހަގަ ކުރުން (ފޮޓޯ/އެޗްޑީސީ)

އެގޮތުން

  • ކުޑަގިރިއަށް ދަތުރު ދިއުމާއި އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް އިއްޔެ ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައި

  • އެ ކައުންޓަރުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެ

  • އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައި

  • މިއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސޭ އިންތިޒާމެއް ކަމަށް އެޗްޑީސީ އިން ބުނި

މީގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިއީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޗްޑީސީ އިން ބުނީ އަބަދު ވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

ކޮމެންޓް (2)

ާއަބުދުﷲ

23 ފެބްރުއަރީ 2025
އެވްރެޖުކޮއް ދުވާލަކު 74 މީހުން ދިއައިމާ އެއީ މާބޮޑު ކަމެއް ނޫން. ތިމީހުން އތުން ލިބޭ އެއްޗަކުން ތިތަނުގެ ކުނިކެހުމުގެ ހަރަދުވެސް ނުލިބޭނެ.
1 0

ޢަޖަލު

23 ފެބްރުއަރީ 2025
ތިއީ ޙައްޖުގެ އަޅުކަން ލިބިގަތުމަށް ޓަކައި ސަޢުދީއަށް ދެވުމަށްވުރެން ފަޚްރުވެރިވާން ޖެހޭ ކަމެއް ވަރަށް ބޮޑުކުރިއެރުމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް