އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހަފްލާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބުރުއަރީ 5 ގައި ބާއްވަން ނިންމައިފި

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އިއްޔެ އަވަހާރަވުމުން
15 ޑިސެމްބަރު 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އިއްޔެ އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އަވަހާރަވީ ކެންސަރަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށެވެ.

ތަފްސީލް - އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވާކަން ރައްޔިތުންގެ މަޖިލީހުން މިހާރު އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންޖެހޭނެ އެވެ.

އެނގުން މުހިންމު - ހުސައިން ވަހީދު އޭޑީކޭ ހޮސްޕިޓަލުގައި އަވަހާރަވެފައި ވަނީ، ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ހުސައިން ވަހީދު ވަނީ 17 ވަނަ މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާ ތަމްސީލުކުރައްވާފަ އެވެ.

ހުސައިން ވަހީދު އަވަހާރަވުން ރައްޔިތުންގެ މަޖިލީހުން ސިފަކޮށްފައި ވަނީ، ރާއްޖެއަށާއި ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއްގެ ގޮތުގަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް