ޔޫކްރެއިންގެ ވެރިރަށް ކީވްގެ އާންމު އިމާރާތަކަށް ރަޝިޔާގެ ހަމަލާއެއް އަރާ ހަލާކުވެފައި

ލައިވް

ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރެއިން ދެ ވަނަ ދުވަހަކަށް

24 ފެބްރުއަރީ 2022
 
14:23 Feb 25, 2022

ވެރިރަށް ކީވް ކައިރީގައިވާ ވައިގެ ބޭސްއެއް ރަޝިޔާއިން ހިފައިފި

  • ވެރިރަށް ކީވް ކައިރީގައިވާ ވައިގެ ބޭސް އެއް ރަޝިޔާގެ ފައަޖުތަކުން ހިފާފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވާ ކަމަށް ރަޝިޔާގެ އިންޓަފެކްސް ނޫސް އެޖެންސީން ރިޕޯޓު ކޮށްފި.

  • މި އޮޕަރޭޝަނަށް 200 އަސްކަރީ ހެލިކޮޕްޓަރާއި ލޭންޑިންގް ފައުޖެއް ބޭނުން ކޮށްފައިވާ ކަމަށާއި ވެރިރަށް ކީވް މިހާރު ވަނީ ހުޅަނގު ފަރާތުން ބަންދު ކޮށްލެވިފައި ކަމަށް ވެސް އިންޓަފެކްސް އިން ވަނީ ރިޕޯޓުކޮށްފައި.

 
09:04 Feb 25, 2022

ރަޝިޔާގެ ސަރަހައްދުން އިނގިރޭސި ބޯޓުތައް އުދުހުން މަނާކޮށްފި

އިނގިރޭސިވިލާތުގެ މަތިންދާ ބޯޓުތަކާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާ ބޯޓްތައް ރަޝިޔާގެ ވައިގެ ބަނދަރެއްގައި ޖެއްސުމާއި ރަޝިޔާގެ ވައިގެ ސަރަހައްދުން އުދުހުން މަނާކޮށްފި.

އޭގެ ފަހުން ބްރިޓިޝް އެއާވޭސްގެ ވެރިފަރާތް، އައިއޭޖީ އިން ބުނީ، އެ އެއާލައިންގެ ފްލައިޓްތައް މޮސްކޯއަށް ހުއްޓާލާފައިވާ ކަމަށް. އަދި އޭގެ ކުރިން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަމުރަށް ރަޝިޔާ ބޯޓުތައް އިނގިރޭސިވިލާތަށް ދިއުން ވަނީ މަނާކޮށްފައި.

ބްރިޓިޝް އެއާވޭސްގެ ބޯޓްތައް
 
06:44 Feb 25, 2022

ޔޫކްރެއިންގައި ތިބި ދަރިވަރުން ހަންގޭރީ މަގުން ރާއްޖެ ގެންނަނީ

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން އެ ގައުމުން ބޭރު ނުވެވި ތިބި ދަރިވަރުން ހަންގޭރީ މަގުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފައި.

 
04:09 Feb 25, 2022

  • ހަނގުރާމައިގެ ފުރަތަމަ ދުވަހު ސިފައިންނާއި އާންމުންގެ މީހުނާ އެކީ 137 ޔޫކްރޭން މީހުން މަރުވެފައިވާ ކަމަށް ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފައި. 

  •  ޔޫކްރޭނުގެ މުހިންމު ސަރަހައްދުތަކެއްގައި ހަމަލަތައް ވަނީ ބަދަލު ކުރެވިފައި. މީ ގެ ތެރޭގައި ވެރިރަށް ކީވް ކައިރީވާ މަތިންދާބޯޓު ޖައްސާ ބިމެއް ހިމެނޭ

  •   ޔޫކްރޭނުގެ މުހިންމު ސަރަހައްދުތަކެއްގައި ހަމަލަތައް ވަނީ ބަދަލު ކުރެވިފައި. މީ ގެ ތެރޭގައި ވެރިރަށް ކީވް ކައިރީވާ މަތިންދާބޯޓު ޖައްސާ ބިމެއް ހިމެނޭ

  • ރަޝިޔާގެ ސިފައިން ވަނީ ޗާނަބީލް ނިއުކްލިއާ ޕްލާންޓް ހިފާފައި. މި ޕްލާންޓުގައި 1986 ވަނަ އަހަރު ނިއުކްލިއާ ކާރިސާއެއް ހިނގާފައިވާއިރު، މި ސަރަހައްދަކީ މިހާރުވެސް ރޭޑިއޯއެކްޓިވް އަސަރުތައް ހުންނަ ސަރަހައްދެއް.

  •  ޔޫކްރޭނު ދިފާއު ކުރުމުގައި ފަސްނުޖެހި ކުރިއަށް ގެންދަވާނެކަމަށް ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފައި.

  •  ޔޫކްރެއިންގެ ދިފާއުގައި ރަޝިޔާއާ ދެކޮޅަށް ނޭޓޯ ސިފައިން ނުފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ބައިޑަން ވަނީ ތަކުރާރުކޮށް ވިދާޅުވެފައި. ނަމަވެސް ޔޫރަޕުގައިވާ ނޭޓޯގެ ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާގެ 7،000 ސިފައިން ޔޫރަޕަށް ދެ ދުވަސް ވަރު ތެރޭ ފޮނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައި.

  • - ރަޝިޔާއިން ފަށާފައިވާ ހަނގުރާމައާ ދެކޮޅަށް އަދި ޔޫކުރެއިންއަށް ތާއީދުކޮށް ޔޫރަޕުގެ ގިނަ ސިޓީތަކުގައި އެއްވުންތައް ވަނީ ބާއްވާފައި. އަދި ރަޝިޔާގައި މިގޮތަށް ބޭއްވި އެއްވުންތަކުން 1675 އަށް ވުރެ ގިނަ އާންމުން ވަނީ ހައްޔަރު ކުރެވިފައ.

  • ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް އެއްލައްކައަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން އަންދާޒާކޮށްފައި ވާއިރު، އިރުމަތީ ޔޫރަޕުގެ ގައުމުތައް ކަމަށްވާ ޕޯލެންޑު، ހަންގޭރީ އަދި މޮލްޑޯވާއަށް ރެފިއުޖީ އާއިލާތަކުން ވަނީ 

 
03:19 Feb 25, 2022

ރަޝިޔާގެ ހަމަލާގައި ޔޫކްރެއިން ދެ ވަނަ ދުވަސް

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ ދެ ވަނަ ދުވަހަށް މިއަދު އިރުއެރި އިރު،  އެ ގައުމުގެ އެކި ހިސާބުތަކުގައި ދެކޮޅުން ގެންދަނީ ހަމަލާތައް ބަދަލުކުރަމުން.

ރަޝިޔާގެ މި އުދުވާނާ ދެކޮޅަށް އިގުތިސާދީ އަދި މާލީ ބޮޑެތި ފިޔަވަޅުތަކެއް ޔޫރަޕާއި އެމެރިކާ އިން ގެންދަނީ އަޅަމުން. އެގޮތުން އިނގިރޭސި ވިލާތުން އިއްޔެ އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އެތައް ބޭންކެއްގެ މިލްކިއްޔާތު ހިފެހެއްޓުމާއި މާލީ އެއްވެސް މުއާމާލާތްތަކެއް އެ ބޭންކްތަކާއި ނުކުރުމުގެ އިތުރުން ސިޔާސީ މީހުންނާއި ބައެއް ވިޔަފާރިވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް ހިމެނޭ.

ޔޫރަޕިއަން ޔޫނިއަނުން ސިފަކުރާ ގޮތުގައި މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގެ މިނިވަން ގައުމަކަށް އެހެން ގައުމަކުން އަރައިގަތް ފުރަތަމަ ފަހަރު. އަދި މި އުދުވާނުގައި ރަޝިޔާއަށް ގެއްލުމެއް ނުވާނެ ކަމަށް ހީކުރިޔަ ދީގެންނުވާނެ ކަމަށް ވެސް ޔޫރަޕުން ބުނޭ.

އީޔޫން ރޭ ނިންމި ދަތިކުރުމުގެ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ތެލުގެ އުފެއްދުންތަކަށް ބޭނުންވާ ޓެކްނޮލޮޖީގެ އެއްވެސް ކަހަލަ މުއާމާލާތެއް ރަޝިޔާއާ ނުކުރުން ވެސް ހިމެނޭ. ރަޝިޔާއަކީ ތެލާއި ގޭހުގެ މައްޗަށް އިގުތިސާދު ބިނާވެފައިވާ ގައުމަކަށް ވަތީ، ކުރިއަށް އޮތް ތަނުގައި އެ ދާއިރާއަށް ބޭނންވާ ސާމާނު ޔޫރަޕުން ނުލިބުމަކީ، ރަޝިޔާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ.

 
14:49 Feb 24, 2022

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިންއަށް ދިފާއުކުރެވޭނީ ކިހާ ވަރަކަށް؟

މި ސުވާލުގެ ޖަވަބަކީ ރަޝިޔާއާ މާ ގިނަ ދުވަހު ހަނގުރާމައެއް ކުރުމުގެ ބާރު އަސްކަރީ ގޮތުން ޔޫކްރެއިންގައި ނެތްކަން.

ދިފާއީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޖެކް ވެޓްލިންކް ވިދާޅުވަނީ "ޔޫކްރެއިންގެ ރައްޔިތުން އެތިބީ ވަރަށް އުނދަގޫ ހާލަތެއްގައި" ކަމަށް.

ޔޫކްރެއިންގެ ސިފައިންގެ އަދަދަކީ 125،000. ރަޝިޔާއިން ޔޫކްރެއިންގެ ސަރަހައްދީ ރޮނގުތައް ކައިރީގައި މިހާރު ވެސް 200،000 އާ ގާތްކުރާ އަދަދަކަށް ރަޝިޔާ ސިފައިން އެބަ ތިބި.

ތަޖުރިބާކާރުން ބުނަނީ ޔޫކްރެއިންއަށް ރަޝިޔާއާ އެއްގޮތަކަށް ވެސް ވާދަނުކުރެވޭނީ ވައިގެ މަގުން ކަމަށް. ޔޫކްރެއިން އާއި ރަޝިޔާގެ ސަރަހައްދީ ރޮނގުތަކާ ކައިރީގައި ޔޫކްރެއިންގެ 105 ހަނުގާމަމަތީ މަތިންދާ ބޯޓު އޮތް އިރު ރަޝިޔާގެ އަދަދަކީ 300.

ވެޓްލިންކް ވިދާޅުވާ ގޮތުގައި ޔޫކްރެއިންގައި ނެތް އެންމެ މިޒަމާނީ ހަތިޔާރުން ރަޝިޔާގެ އަސްކަރީ ވަނީ ފުރިފައި. އެއަށް ޖަވާބު ދޭނެ އަސްކަރީ ރަނގަޅު ސަބަބުތަކެއް ޔޫކްރެއިންއަށް ލިބިފައެއް ނުވޭ. 

ހުރިހާ ކޮޅަކުން ޔޫކްރެއިންނަށް ރަޝިޔާއިން ކުއްލިއަކަށް އަރަމުން އެ ދަނީ، އަސްކަރީ ގޮތުން ވާދަކުރުމުގެ އެވަރުގެ ގާބިލްކަން ޔޫކްރެއިންގައި ނެތުމުން.

 
14:31 Feb 24, 2022

ޔޫކްރެއިންގެ 70 އަސްކަރީ މަރުކަޒެއް ހަލާކުކޮށްލައިފި

ރަޝިޔާ އިން ޔޫކްރެއިނަށް ދެމުން ގެންދާ ހަމަލާތަކުގައި ޔޫކްރެއިންގެ 70 އަސްކަރީ މަރުކަޒަކާއި 11 ވައިގެ މަރުކަޒެއް ހަލާކުކޮށްލައިފި ކަމަށް އޭއެފްޕީން ބުނެފި.

 
13:52 Feb 24, 2022

ޔޫކްރެއިންގެ ތިބި ދިވެހިން އެ ގައުމުން ނެރެނީ

ޔޫކުރެއިންގައި ތިބި ދިވެހި ދަރިވަރުން އެ ގައުމުން ގެނައުމުގެ މަސައްކަތް ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައި. ރަޝިޔާއިން ހަމަލާތައް ދިން ތިން ސިޓީގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނޭ

 
13:47 Feb 24, 2022

މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރު

ރަޝިޔާއަކީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށްވާއިރު ޔޫކުރެއިން-ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު އެބަ އޮތް. ޔޫކުރެއިން އާއި ރަޝިޔާއަކީ ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ %20. މި އަހަރު އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިން

 
13:13 Feb 24, 2022

ފޮޓޯއިން ޔޫކުރެއިން

ކީވްގެ މަގެއް މައްޗަށް ވެއްޓި ގޮވާފައިވާ މިސައިލެއް ޔޫކްރޭނުގެ ސިފައިން ބަލަނީ
ޔޫކްރޭނުގެ ހާކީވްގެ ބޭރުގައިވާ އެޕާޓްމަންޓުތަކަކަށް ދިން ވައިގެ ހަމަލަތަކެއްގައި ޒަހަމްވެފައިވާ އަންހެނެއް
އިރުމަތީ ޔޫކްރޭނުގައިވާ ޗުގުއިވް އަވަށަށް ރަޝިޔާއިން ދީފައިވާ ވައިގެ ހަމަލަތަކުގައި ރޯވެފައިވާ އިމާރާތެއްގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދަނީ
ޔޫކްރޭނުގެ ވައިގެ ހަމަލަތައް ދިފާއުކުރާ ބޭހަކަށް ރަޝިޔާއިން ދީފައިވާ ހަމަލައެއް
 
12:32 Feb 24, 2022

ޗައިނާ އިން ރަޝިޔާ ކުށްވެރިކުރަން ދެކޮޅު ހަދައިފި

ރަޝިޔާ އިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ އުދުވާން ކުށްވެރިކުރަން ޗައިނާ އިން ދެކޮޅު ހަދައިފި. އޭގެ ބަދަލުގައި ދެ ފަރާތުން ވެސް މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ގޮވާލި. މައްސަލަ އިތުރަށް ގޯސްކޮށްފައި ވަނީ އެެމެރިކާ އިން ކަމަށް ޗައިނާ އިން ވަނީ ތުހުމަތު ކޮށްފައި.

ރަޝިޔާގެ ގޮދަނުގެ އުފެއްދުންތައް އެތެރެކުރަން ފަށާނެ ކަމަށް ޗައިނާގެ ކަސްޓަަމްސް އެޑްމިނިސްޓްރޭޝަނުން މިއަދު ވަނީ އިއުލާނު ކޮށްފައި. ޗައިނާ އާއި ރަޝިޔާގެ ލީޑަރުން މި މަހު ކުރީ ކޮޅު ބައްދަލު ކޮށްފައިވާއިރު، ޗައިނާ އިން ވަނީ ރަޝިޔާއެކޭ އެއްގޮތަށް ނޭޓޯ ފުޅާ ކުރުމާ ދެކޮޅު ކަމަށް ބުނެފައި.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
 
12:27 Feb 24, 2022

ބެލަރޫސްގެ ސިފައިން ވެސް ބައިވެރިވެދާނެ: ލުކަޝެންކޯ

ރަޝިޔާ އިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގައި މިހާތަނަށް ބެލަރޫސްގެ އަސްކަރިއްޔާ އިން ބައިވެރިވެފައި ނުވި ނަމަވެސް، ބޭނުންވެއްޖެ ނަމަ ބެލަރޫސްގެ ސިފައިން ބައިވެރިވެދާނެ ކަމަށް ބެލަރޫސްގެ ލީޑަރު އެލެގްޒެންޑްރާ ލުކަޝެންކޯ ވިދާޅުވެއްޖެ.

  • ރަޝިޔާގެ ބައެއް އަސްކަރީ އުޅަނދުތައް ޔޫކްރެއިން ތެރެއަށް ވަދެފައި ވަނީ ބެލަރޫސް ތެރެއިން ލާފައި 

  • އަސްކަރީ ތަމްރީނުތަކެއް ކުރުމަށް ކަމަށް ބުނެ މޮސްކޯ އިން ވަނީ ރަޝިޔާގެ ސިފައިން ހަފްތާތަކެއް ވަންދެން ބެލަރޫސްގައި ބައިތިއްބާފައި

  • ބެލަރޫސް އަކީ ރަޝިޔާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް

އަހަރެމެންގެ ސިފައިންނެއް ނުތިބޭނެ އެތާކު [ޔޫކްރެއިންގައި]. އެކަމަކު ބެލަރޫސް އަށާއި ރަޝިޔާއަށް ބޭނުންވެއްޖެ ނަމަ އެމީހުން ތިބޭނީ ތައްޔާރަށް

ލުކަޝެންކޯ/ ބެލަރޫސްގެ ލީޑަރު
 
11:25 Feb 24, 2022

ރަޝިޔާ އިން ޔޫކްރެއިނަށް އެރުމުން ގޮދަނުގެ އަގު އުފުލިއްޖެ

ރަޝިޔާ އިން މިއަދު ޔޫކްރެއިނަށް އެރުމުން ގޮދަނުގެ އަގު މައްޗަށް ހިނގައްޖެ އެވެ. އެއީ އެމެރިކާގައި އުފައްދާ ޒުވާރި އާއި ގޮދަނުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން. އަދި ސޯޔާ ބީންސްގެ އަގު ވެސް 2012 އަށް ފަހު ނުދާ ވަރަށް މައްޗަށް ވަނީ ގޮސްފައި.

 
11:12 Feb 24, 2022

ޔޫކްރެއިންގެ 40 ސިފައިން، އާންމުންގެ 10 މީހަކު މަރުވެއްޖެ

  • 15:40 ސާޅީހަށް ވުރެ ގިނަ ސިފައިންނާއި އާންމުގެ ތެރެއިން 10 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި

  • ރަޝިޔާގެ އަސްކަރީ އުދުވާން ފެށުނު ފަހުން 40 އަށް ވުރެ ގިނަ ސިފައިން މަރުވެ، ބައެއް ސިފައިންނަށް އަނިޔާވެފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސްގެ އޮފީހުން މައުލޫމާތު ދީފި.

  • އަސްކަރީ ގެއްލުންތަކުގެ އިތުރުން "އަހަންނަށް މިހާތަނަށް އެނގިފައިވާ ގޮތުން ދިހަޔަކަށް ވުރެ ގިނަ ނޫން އަދަދަކަށް އާންމުން ވަނީ މަރުވެފައި،" ޔޫކްރޭނުގެ ރައީސް އޮފީހުގެ އެޑްވައިޒަރު އޮލެކްސީ އަރެސްޓޮވިޗް ވިދާޅުވި.

 
10:03 Feb 24, 2022

ޔޫކްރެއިނުން ރަޝިޔާއާ ހާރިޖީ ގުޅުން ކަނޑާލައިފި

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އުދުވާނާ ގުޅިގެން، ރަޝިޔާއާ އެކު އޮތް ހާރިޖީ ގުޅުންތައް ރަސްމީކޮށް ކަނޑާލާފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެ.

 
09:29 Feb 24, 2022

ޔޫކްރެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

  • ވައިގެ ދަތުރުތައް ބަލައްޓާ ފްލައިޓްރާޑަރު 24 ހިދުމަތުން ދައްކާ ގޮތުގައި ޔޫކްރެއިނާއި ހުޅަނގު ރަޝިޔާ ވައިގެ ސަރަހައްދުން ފަސިންޖަރު ފްލައިޓުތައް ދުއްވުން ވަނީ އެކީހެން ހުއްޓިފައި.

 
09:11 Feb 24, 2022

ރަޝިޔާގެ އުދުވާނާ ބެހޭގޮތުން މިހާތަނަށް އެނގޭ ކަންކަން

 ޔޫކްރެއިނުގެ އިރުމަތީ ޑޮންބާސް ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އިއުލާނު ކުރެއްވީ މިއަދު ހެނދުނު ރާއްޖެ ގަޑިން 7:55 ގައި.

  • މިއީ ރަޝިޔާގެ އަމިއްލަ ސަލާމަތަށް ހިންގަވާ ކަމެއް ކަމަށް ޕޫޓިން ވިދާޅުވި. އަދި ޔޫކްރެއިނުގެ ސިފައިން ހަތިޔާރު ބެހެއްޓުމަށާއި ބޭރުގެ ފަރާތަކުން ރަޝިޔާއާ ދެކޮޅަށް ނުކުމެއްޖެ ނަމަ އަވަސް ރައްދެއް ދޭނެ ކަމަށް ޕޫޓިން އިންޒާރު ދެއްވި.

  • ރަޝިޔާ އިން ޔޫކްރެއިނުގެ އުމްރާނީ ތަރައްގީގެ ތަންތަނަށް މިސައިލު ހަމަލަ ދީފައިވާ ކަމަށް ޔޫކްރެއިނުން ބުނޭ. އަދި ރަޝިޔާގެ މަތިންދާބޯޓުތަކެއް ވައްޓާލާފައިވާ ކަމަށް ޔޫކްރެއިނުން ބުނާ ބުނުން ރަޝިޔާ އިން ވަނީ ދޮގު ކޮށްފައި.

  • ރަޝިޔާގެ ސިފައިންނާއި އަސްކަރީ އުޅަނދުތައް ވަނީ ޔޫކްރެއިނުގެ ބޯޑަރު ހުރަސްކޮށް އެކި ދިމަދިމާލުން ވަދެގެންފައި. އެގޮތުން އުތުރުގައި އޮތް ބެލަރޫސް ތެރެއިންނާއި ދެކުނުގައި އޮތް ކްރައިމިއާ ތެރެއިން ވަނީ ވަދެގަނެފައި.

  •  މިހާތަނަށް އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ވަނީ ލިބިފައި

  • ޔޫކްރެއިނުގެ ވެރިރަށް ކީވް އިން ގިނަ ބަޔަކު ނުކުތުމަށް މަސައްކަތް ކުރަމުންދާއިރު، މަގުތައް ވަނީ ތޮއްޖެހިފައި. ހަމަލާތަކެއް އަންނާނެ ކަމަށް ގަބޫލު ކުރެވިފައި އޮތަސް ހަމަލާތަކުގެ މިންވަރާ މެދު ގިނަ ރައްޔިތުން ވަނީ ހައިރާންވެފައި ކަމަށް ނޫސްވެރިން ބުނޭ.

  • ޔޫކްރެއިނުގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފައި. ޔޫކްރެއިނުގެ ހާރިޖީ ވަޒީރު ވަނީ ރަޝިޔާއާ މެދު "ފަނާކުރަނިވި" ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައި. 

  • ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަރައިފި. ރަޝިޔާގެ ފައިސާ ރޫބުލްގެ އަގު ވަނީ ޑޮލަރާއި ޔޫރޯއާ އަޅާބަލާއިރު ބޮޑު ތަނުން ވެއްޓިފައި. އިނގިރޭސިވިލާތުގެ ހިއްސާގެ ބާޒާރުތައް ވަނީ ވެއްޓެން ފަށައިފައި. 

  • ދުނިޔޭގެ ގިނަ ލީޑަރުން އަންނީ ރަޝިޔާގެ އަމަލު ކުށްވެރިކުރަމުން

  • ޔޫކްރެއިންގެ ކުރީގެ ސިފައިންނަށް ހަތިޔާރު ދެނީ

  • ރަޝިޔާގެ ހަމަލާތަކާ ގުޅިގެން، ޔޫކްރެއިނުގެ އަސްކަރިއްޔާއަށް ކުރިން ހިދުމަތް ކޮށްދީފައިވާ މީހުންނަށް ހަތިޔާރު ދޭން ނިންމާފައިވާ ކަމަށް ޔޫކްރެއިނުގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައި.

 
09:02 Feb 24, 2022

ހަނގުރާމަ އިއުލާނުކުރައްވަމުން ރައީސް ޕޫޓިން ދެއްވި ތަގުރީރު
 
08:52 Feb 24, 2022

ހަމަލާތަކުގައި 7 މީހަކު މަރުވެއްޖެ

ރަޝިޔާ ސިފައިން ޔޫކްރެއިނަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޔޫކްރެއިންގެ ހަތް މީހަކު މަރުވެއްޖެ ކަމަށް ޔޫކްރެއިންގެ ފުލުހުން ބުނެފި.

 
08:38 Feb 24, 2022

ދިވެހި ދަރިވަރުން ތިބި ކާކީވްއަށް ވެސް މިސައިލް ހަމަލާއެއް

ޔޫކްރެއިންގެ ވެރިރަށް ކީވްގެ އިތުރުން ބޯޑަރު ކައިރީގައި އޮންނަ ކާކީވްއަށް ރަޝިއާގެ މިސައިލް ހަމަލާތަކެއް އަރާފައިވާ ކަމަށްވޭ. ކާކީވްގައި ދިވެހި ފަސް ދަރިވަރުން އެބަތިބި.

އިތުރަށް ކިޔާލަން -

 
08:36 Feb 24, 2022

ރަޝިއާގެ ފައުޖުތައް ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވަދެފައި ވާއިރު، ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިއާއާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެމެރިކާ ހިމެނޭ.

ރަޝިޔާގެ އަސްކަރީ އުޅަނދުތައް ޔޫކްރެއިނުގެ ބޯޑަރު ހުރަސްކޮށްފި

ޔޫކްރެއިނުގެ އުތުރުގައިވާ ޗެއަނިހިވް އަށާއި ސޫމީ ސަރަހައްދުތަކަށާއި އިރުމަތީގައިވާ ލުހާންސް އަދި ހާކިވް ސަރަހައްދަށް ރަޝިޔާގެ އަސްކަރީ އުޅަނދުތައް ބޯޑަރު ހުރަސްކޮށް ވަދެފައިވާ ކަމަށް ޔޫކްރެއިނުގެ ބޯޑަރު ބަލަހައްޓާ ފަރާތްތަކުން (ޑީޕީއެސްޔޫ) އިން ބުނެފި އެވެ.

ރަޝިޔާގެ ފައުޖުތަކުން ބޯޑަރު ހުރަސްކޮށް ވަނުމުގެ ކުރިން ޑީޕީއެސްޔޫގެ ފައުޖުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ޔޫކްރެއިނުގެ ބޯޑަރު ގާޑުންނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ޑީޕީއެސްޔޫ އިން ބުންޏެވެ.

ޔޫކްރެއިނުގެ އަސްކަރިއްޔާ އާއި ޑީޕީއެސްޔޫ އިން ބުނީ މި އުދުވާން ހުއްޓުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

ރަޝިޔާގެ މަތިންދާބޯޓުތަކެއް ވައްޓާލައިފިން: ޔޫކްރެއިން

ރަޝިޔާގެ ފަސް އަސްކަރީ ބޯޓަކާއި ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށް ޔޫކްރެއިނުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

"ކެތްތެރިވެ، ޔޫކްރެއިން ދިފާއު ކުރުމަށް ނުކުމެ ތިބި ފަރާތްތަކަށް އިތުބާރު ކުރޭ،" ޔޫކްރެއިނުގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިޔާގެ މަތިންދާބޯޓުތަކެއް ވައްޓާލާފައިވާ ކަމަށް ޔޫކްރެއިނުން ބުނާ ބުނުން ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ދޮގު ކޮށްފަ އެވެ.

ކީވްގައި ދިރިއުޅޭ މީހުން އެ ސިޓީ ދޫކޮށް ދަނީ

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އަސްކަރީ އޮޕަރޭޝަނެއް އިއުލާނު ކުރައްވާފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 7:55ގަ އެވެ. އަދި މަދު މިނެޓުތަކެއް ފަހުން ޔޫކްރެއިނާ ދެކޮޅަށް ފުރަތަމަ ހަމަލާތައް ވަނީ ފަށައިފަ އެވެ.

ޔޫކްރެއިނުގެ ވެރިރަށް ކީވްގައި އެމަޖެންސީ ތާޅަފިލި ގޮވަން ފަށާފައި ވާއިރު، ކީވްގެ ގިނަ ރައްޔިތުންތަކެއް ވަނީ އެ ސިޓީ ދޫކޮށް ދާން ފަށައިފަ އެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ހަބަރުތަކުގައި ކީވްގެ މަގުތައް މިއަދު ހެނދުނު އުޅަނދުތަކުން ފުރި ބާރުވެފައި ވާއިރު، ބިންގަރާސްތަކަށާއި ބިމު އަޑީގެ މެޓްރޯ ރޭލު ސްޓޭޝަންތަކަށާއި ގޮވުންތަކުން ސަލާމަތް ވުމަށް ހަދާފައިވާ ހިޔާތަކަށް ރައްޔިތުން ވައްދަމުން އަންނަ ކަމަށް ހަބަރުތައް ދަނީ ލިބެމުންނެވެ.

ރަޝިޔާއާ ދެކޮޅަށް 'ފަނާކުރަނިވި ދަތިކުރުމުގެ ފިޔަވަޅުތައް' އެޅުމަށް ޔޫކްރެއިނުން ގޮވާލައިފި

ރަޝިޔާ އިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން "ކުރަން ޖެހޭ ކަންތައްތަކުގެ ލިސްޓެއް" ޔޫކްރެއިނުގެ ހާރިޖީ ވަޒީރު ޑިމިޓްރޯ ކުލެބާ ޓުވީޓު ކުރައްވައިފި އެވެ.

އޭނާ ވިދާޅުވީ "ދުނިޔެ އިން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ" ކަަމަށާއި "ޔޫރަޕާއި ދުނިޔޭގެ މުސްތަގުބަލް ވަނީ ބިރެއްގައި" ކަމަށެވެ.

ރަޝިޔާއާ ދެކޮޅަށް "ފަނާކުރަނިވި ދަތިކުރުމުގެ ފިޔަވަޅުތައް" އެޅުމަށާއި އޭގެ ތެރޭގައި ސްވިޓް މާލީ ހިދުމަތުން ރަޝިޔާ ބޭރު ކުރުމަށް ކުލެބާ ގޮވައިލެއްވި އެވެ.

އަދި މުޅި ދުނިޔެ އިން ރަޝިޔާ "މުޅިން އެކަހެރި ކުރަން ޖެހޭ" ކަމަށް ވިދާޅުވެ، ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި ސާމާނާއި މާލީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުލެބާ އެދިވަޑައިގެންނެވި އެވެ.

ރަޝިޔާގެ ހަމަލާތައް ހުއްޓުވަން ދަނީ މަސައްކަތް ކުރަމުން

ރަޝިޔާގެ އަސްކަރިއްޔާ އިން ޔޫކްރެއިނުގެ އިރުމަތީގައިވާ ފައުޖުތަކަށް ހަމަލާތައް ދޭން ފަށާފައިވާ ކަމަށް ބުނެ ޔޫކްރެއިނުގެ އަސްކަރިއްޔާ އިން ބަޔާނެއް ނެރެފި އެވެ.

ރަޝިޔާ އިން ވަނީ ކީވް ކައިރީގައިވާ ބޮރީސްޕިލް އެއާޕޯޓަށާއި އެހެނިހެން އެއާޕޯޓުތަކަށް މިސައިލު ހަމަލަތަކެއް ދީފައި ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބެލަރޫސް އިން ވެސް ޔޫކްރެއިނަށް ސިފައިން ވަންނަނީ

ޔޫކްރެއިނުގެ އުތުގައިވާ ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ބެލަރޫސްގައި ތިބި ފައުޖުތައް ވެސް ޔޫކްރޭނާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ޔޫކްރެއިނުގެ އޮފިޝަލުން ބުނަމުންދާ ކަމަށް ގިނަ ރިޕޯޓުތަކެއް ދަނީ ލިބެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް