Majlis 2024

ޔޫކްރެއިނަށް ރަޝިއާ އިން ދިން ހަމަލާއެއް ތަނަކަށް އަރައި އެ ތަނުން ދުން އަރަނީ. (ފޮޓޯ/ރޮއިޓާސް)

ޔޫކްރެއިންގައި ތިބި ދަރިވަރުން ހަންގޭރީ މަގުން ރާއްޖެ ގެންނަނީ

މި ވަގުތު ޔޫކްރެއިންގައި ތިބީ 20 ދިވެހިން

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން އެ ގައުމުން ބޭރު ނުވެވި ތިބި ދަރިވަރުން ހަންގޭރީ މަގުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔޫކްރެއިންގައި ތިބި ދިވެހިންގެ އެންމެ ފަހުގެ ހާލަތު ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދިވެހިން ހަންގޭރީއަށް އެއްގަމު މަގުން ގެންގޮސް، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - މިނިސްޓްރީން ބުނީ އެ ދަރިވަރުން މިހާރު ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެންނަން ކުރަމުން އަންނަ މަސައްކަތްތަކުގެ ގޮތުގައި ފޮރިން މިނިސްޓްރީން މިއަދު ފާހަގަކުރި ކަންކަމަކީ:

  • ރެއިން ފެށިގެން އެ މިނިސްޓްރީ އާއި ޖަރުމަންގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީން ހަންގޭރީ ސަރުކާރާ އެކު ވާހަކަދައްކައިގެން، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް

  • ޔޫކްރެއިންގެ ކާކީވްގައި ތިބި ދިވެހިންނާއި ނިޕްރޯގައި ހުރި ދަރިވަރު ވެސް ހަންގޭރީ މަގުން ރާއްޖެ ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް 

  • ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް

ތަފްސީލް - ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ޔޫކުރެއިންގައި ތިބި 50އަށް ވުރެ ގިނަ ދިވެހިންގެ ތެރެއިން 20 މީހަކު، އިއްޔެ ހެނދުނު ހަނގުރާމަ ފެށުމުގެ ކުރިން، އަނބުރާ ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ.

މިވަގުތު ޔޫކްރެއިންގައި ތިބި ދިވެހިން:

  • 1-

    ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ކާކީވްގައި 5 ދަރިވަރެއް

  • 2-

    އިވަނޯގައި 14 މީހުން

  • 3-

    ނިޕްރޯގައި އެކެއް

އެނގުން މުހިންމު - އިއްޔެ ހެނދުނުން ފެށިގެން ރަޝިޔާއިން ޔޫކުރެއިނަށް ހަމަލާތައް ދީ ހަނގުރާމަ ފަށާފައި ވާއިރު، ހަމަލާތައް އެންމެ ވަރުގަދައަށް ދެމުންދާ ސަރަހައްދުތަކުގައި ވެސް ދިވެހިން ދިރިއުޅެމުންދިޔަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް