މީހުން ބިނާކުރުމަށް އެފްއެޗްޓީއެސް އާއި މެރިއޮޓް އިންޓަނޭޝަނަލްއާ ދެމެދު އެމްއޯޔޫގައި. ސޮއިކުރުން (ފޮޓޯ/އެމްއެންޔޫ)

މީހުން ބިނާކުރަން މެރިއޮޓް ރިސޯޓުތަކާ އެކު އެމްއެންޔޫ އިން އެއްބަސްވުމެއް

މި އެއްބަސްވުމުގެ ދަށުން އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް މެރިއޮޓްގެ ރިސޯޓުތަކުގައި އަމަލީ ތަޖުރިބާ ހޯދައި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ

ފަތުރުވެރިކަމުގެ ދާއިރާ އިން މީހުން ބިނާކުރުމަށް، ދުނިޔޭގެ އެންމެ ބޮޑު ހޮޓާ ޗެއިން ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ހަތް ރިސޯޓާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ތަފްސީލް - އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން:

  • އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް މެރިއޮޓްގެ ރިސޯޓުތަކުގައި އަމަލީ ތަޖުރިބާ ހޯދައި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ 

  • އެފްއެޗްޓީއެސްގެ ދަރިވަރުންނާއި މުވައްޒަފުން އަދި މެރިއޮޓްގެ މުވައްޒަފުންނަށް ވެސް ތަމްރީނާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ

އެނގުން މުހިއްމު - މެރިއޮޓް އިންޓަނޭޝަނަލް އިން އަންނަނީ 2006 އިން ފެށިގެން ރާއްޖޭގައި ރިސޯޓު އޮޕަރޭޓް ކުރަމުންނެވެ. މެރިއޮޓް ކުންފުނީގެ ބްރޭންޑުތަކުގެ ދަށުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި ޖުމްލަ 701 ކޮޓަރި އެބަހުއްޓެވެ.

މެރިއޮޓުން ރާއްޖޭގައި ހިންގާ ރިސޯޓުތަކަުގެ ތެރޭގައި:

  • ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް

  • ޑަބްލިއު މޯލްޑިވްސް

  • ސެއިންޓް ރިޖަސް މޯލްޑިވްސް ވޮއްމުލި

  • ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ

  • ޖޭޑަބްލިއު މޯލްޑިވްސް

  • ރިޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް

  • ލެމެރެޑިއަން މޯލްޑިވްސް

ގުޅުންހުރި ކަމެއް - މީގެ ކުރިން އެފްއެޗްޓީއެސް އިން ވަނީ ހޮލިޑޭ އިން ކަނޑޫމާ އާއި ލަކްސް ސައުތު އަރި އެޓޯލްއާ އެކު ވެސް މީހުން ބިނާކޮށް، ތަޖުރިބާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

ކޮމެންޓް (1)

ނާޒިމް

19 ނޮވެމްބަރު 2021
އެމް.އެން.ޔޫ އަށް މަރުހަބާ! ޑރ ޝަރީފުގެ ބުރަ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރުވެރިވަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް