އެމްއެންޔޫ އާއި ކަނޑޫމާ ރިސޯޓާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/އެމްއެންޔޫ)

މީހުން ބިނާކުރަން އެމްއެންޔޫ އާއި ކަނޑޫމާ ރިސޯޓުން އެއްބަސްވެއްޖެ

މި އެއްބަސްވުމުގެ ދަށުން އެފްއެޗްޓީއެސްގެ ދަރިވަރުންނަށް ކަނޑޫމާ ރިސޯޓުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ

މީހުން ބިނާކޮށް، ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) އާއި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ތަފްސީލް - މި އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެވެ. ކަނޑޫމާގެ ފަރާތުން ސޮއިކުރެއްވީ އެ ރިސޯޓުގެ އެގްޒެކެޓިވް އެސިސްޓެންޓު މެނޭޖަރު ހުސެން ޝާހިދެވެ.

ބުނީ ކީކޭ؟ - މި އެއްބަސްވުމާއެކު ޓޫރިޒަމް ދާއިރާއާ އެކު އެފްއެޗްޓީއެސް އިން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބި، މީހުން ބިނާކުރުމުގެ ދާއިރާ އިން ކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން:

  • އެފްއެޗްޓީއެސްގެ ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތުތައް ފަހިވާނެ

  • އިންޓާންޝިޕަށް ދާ ދަރިވަރުންގެ ތެރެއިން މަސައްކަތް ރަނގަޅު މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ

  • އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަދި ކަނޑޫމާގެ މުވައްޒަފުންނަށް ވެސް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިވާނެ

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް