ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އާއި އެމްއެންޔޫއާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު އެ އެއްބަސްވުން ދައްކާލަނީ. (ފޮޓޯ/ލަކްސް)

ޓޫރިޒަމް

ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން އެމްއެންޔޫ އާއި ލަކްސް ރިސޯޓުން ގުޅިއްޖެ

އެފްއެޗްޓީއެސް އިން ހިންގާ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުގެ ފުރުސަތު އެ ރިސޯޓުގެ މުވައްޒަފުންނަށް ފަހިކޮށްދިނުމުގެ އިތުރަށް، ކައިރި ރަށްރަށުގެ ޒުވާނުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގާނެ
11 ނޮވެމްބަރު 2021

ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާނެ ދިވެހިން ތަމްރީނުކުރުމަށާއި އެ ރިސޯޓުގެ މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އާއި ލަކްސް ސައުތު އަރި އެޓޯލް ރިސޯޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އދ. ދިއްދޫފިނޮޅުގައި ހިންގާ ލަކްސް ސައުތު އަރި އެޓޯލްގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ރިސޯޓުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޕެޓްރީސް އައިރާ އެވެ. އެފްއެޗްޓީއެސް ތަމްސީލުކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، އެފްއެޗްޓީއެސް އާއި ލަކްސް ސައުތު އަރި އެޓޯލް ގުޅިގެން ކުރާނެ ކަންކަމުގެ ތެރޭގައި:

  • އެފްއެޗްޓީއެސްގެ އައުޓްރީޗް ސެންޓަރެއް އެ ރިސޯޓުގައި ގާއިމްކޮށް، އެ ފެކަލްޓީން ހިންގާ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުގެ ފުރުސަތު އެ ރިސޯޓުގެ މުވައްޒަފުންނަށް ފަހިކޮށްދޭނެ

  • ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ޝައުގުވެރިކަން ހުރި ކައިރި ރަށްރަށުގެ ޒުވާނުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ

  • ޓޫރިޒަމް ދާއިރާގެ ވަޒީފާތަކަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް، ސްކޫލު ނިންމާ ދަރިވަރުންނަށް ހާއްސަކޮށް އަންނަ ޑިސެމްބަރު މަހު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށާނެ؛ ކޮންމެ ހަ މަހަކުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ފަހަރަކު އަށް ދަރިވަރުންނަށް ބައިވެރިވެވޭނެ

  • އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް އެ ރިސޯޓުގައި އިންޓާންޝިޕް ފުރިހަމަކުރެވޭނެ

  • ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާ. (ފޮޓޯ/ލަކްސް)
  • ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާ. (ފޮޓޯ/ލަކްސް)
  • ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާ. (ފޮޓޯ/ލަކްސް)
  • ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާ. (ފޮޓޯ/ލަކްސް)

ބުނީ ކީކޭ؟ - އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ލަކްސް ސައުތު އަރި އެޓޯލްގެ ޖެނެރަލް މެނޭޖަރު ޕެޓްރީސް ވިދާޅުވި ގޮތުގައި، އެމްއެންޔޫއާ އެކު ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ދަށުން، އެ ރިސޯޓުގެ މުވައްޒަފުންގެ ހުނަރު އިތުރަށް ތަރައްގީވެ، ކައިރި ރަށްރަށުގެ މީހުންނަށް ވެސް އޭގެ ފައިދާ ކުރާނެ އެވެ.

"ހާއްސަކޮށް ދިވެހިން ބިނާކޮށް، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ލަކްސް ސައުތު އަރި އެޓޯލް އާއި އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޕެޓްރީސް ވާހަކަދައްކަވަނީ. (ފޮޓޯ/ލަކްސް)

އެނގުން މުހިންމު - އެފްއެޗްޓީއެސްއަކީ ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމަށް ރަސްމީ ސިފައެއްގައި ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާ ރާއްޖޭގެ ހަމައެކަނި ތަނެވެ. މި ފެކަލްޓީން މީހުން ތަމްރީނު ކުރާތާ މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ލަކްސް ސައުތު އަރި އެޓޯލް:

  • 1-

    މޮރިޝަސްގެ ލަކްސް ކަލެކްޓިވް އިން ހިންގާ ރިސޯޓެއް

  • 2-

    190އަށް ވުރެ ގިނަ ކޮޓަރި ހުރޭ

  • 3-

    12 ރެސްޓޯރަންޓާއި ބާ ހުރޭ

  • 4-

    ގިނަ އެވޯޑުތަކެއް ލިބިފައިވާ ސްޕާއެއް ހުރޭ

  • 5-

    ފިޓްނަސް ސެންޓަރެއްގެ ހިދުމަތް ލިބޭ

  • 6-

    ވޯޓާސްޕޯޓްސް އަދި ޑައިވިން ސެންޓަރެއް ހުރޭ

  • 7-

    އެކި ކަހަލަ އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅެވޭ

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް