ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ):(ފޮޓޯ/ ރައީސް އޮފީސް)

ހުކުމްކުރި އިރު އަސްހަދު ވެސް އިނގިރޭސި ވިލާތުގައި، އޭނާ ގެނެސްދޭން އެދެފި

އަސްހަދުގެ މައްޗަށް މިއަދު 15 ދުވަހުގެ ޖަލުހުކުމެއް އިއްވީ އޭނާގެ ގައިރު ހާޒިރުގައި

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ވެސް ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އަދި ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުސް އޮފީހުގައި މިހާރު ވަނީ އެދިފަ އެވެ.

ވީ ކިހިނެއް؟ -  އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ، އަލީ ވަހީދު ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކޮށްދޭނެކަމަށް އެއްބަސްވެ، އޭނާ ވީ އިގުރާރާ ހިލާފުވުމުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައިފަ އެވެ.

އެކަމަކު އޭނާ ރަށުގައި ނޫޅުއްވާތީ ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ. އޭނާ ރާއްޖެ އިން ފުރުއްވީ ކޮން އިރަކު ކަމެއް، ކަމާ ބެހޭ އިދާރާތަކުން ބުނެފައެއް ނުވެ އެވެ.

ތަފްސީލް - މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ނަސީމް މިއަދު 'ދައުރު' އަށް ވިދާޅުވީ އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރުމަށް އޭނާ ގެނެސްދިނުމަށް މިހާރު ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި އާންމުކޮށް ކަން ކުރާ އުސޫލަކީ، ޣައިރު ހާޒިރުގައި ހުކުމެއް ކޮށްފި ނަމަ، ކަރެކްޝަންސްގެ މަރުކަޒެއް ނެތް ރަށެއް ނަމަ އެމީހަކު ކަރެކްޝަންސްއާ ހަވާލުކޮށްދިނުމަށް ފުލުހުންނަށް އެންގުމެވެ/

"ޣައިރު ހާޒިގައި އަސްހަދަށް ހުކުމްކުރީ. އޭނާ ރާއްޖެއިން ބޭރުގައި ހުރި ނަމަ ރާއްޖެ ގެނެސް އަޅުގަނޑުމެންނާ ހަވާލުކޮށްދިނުމަށް [ފުލުހުގައި އެދުނީ]،" ނަސީމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އަސްހަދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އިރު ކްރިމިނަލް ކޯޓުގައި އޭނާ ޖާމިނުވި، އަލީ ވަހީދު ވެސް އުޅުއްވަނީ އެ ގައުމުގަ އެވެ. އަދި ރާއްޖޭގެ ހުރިހާ ކޯޓަކުން އަމުރުތައް ނެރުނު ނަމަވެސް އަލީ ވަހީދު ގެނެވޭ ގޮތެއް ނުވެ އެވެ.

އަސްހަދުގެ މައްޗަށް ހުކުމް ކުރުމާ އެކު ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމުގެ ވަޒީފާ އިން މިއަދުން މިއަދަށް ވަނީ ވަކިކޮށްފަ އެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް