ބ. ކިހާދޫއަށް މިފަހަރު ބޮޑު އީދު އައިސްގެން އުޅެނީ މާ ކުރިންނެވެ. 'އެކަތި ބޮޑުބެރު' ގްރޫޕުން އެ ރަށަށް ގޮސް ދަނޑި ޖަހައި، ދަފި ނަގައި، ކުލައިން ތަތްތެޅިއްޖެ އެވެ. ގަދައަށް އީދު ކުޅެފި އެވެ. ޖެހި ހުރިހާ ސަކަރާތެއް މިހާރު އެ އޮތީ 'އީދު ގޮމާ' ކިޔާ ލަވައެއްގެ ސިފައިގައި އާންމުންނަށް ދޫކޮށްލާފަ އެވެ.