އެކަތި ބޮޑުބެރު ގްރޫޕުގެ ލަވަ 'މަރިޔަމް މަލާ'ގެ މަންޒަރެއް. (ފޮޓޯ/އެކަތި)

މިއުޒިކް

އިންޑިއާގެ ޝާމަށް ވެސް 'މަރިޔަމް މަލާ' ކަމުހިނގައްޖެ

ސޯޝަލް މީޑީއާ އިންފުލުއެންސަރު ޝާމް ސަންޖޭ ވަނީ އެކަތި ބޮޑުބެރު ގްރޫޕުގެ އާ ލަވައިގެ ތަންކޮޅެއް އޭނާގެ މަޝްހޫރު ސްޓައިލުގައި ކިޔާލާތަން ފެންނަ ވީޑިއޯކޮޅެއް އާއްމުކޮށްފައި
23 ފެބްރުއަރީ 2025
3

'މަރިޔަމް މަލާ'ގެ ޖަޒުބާތުތައް ހިފީ ހަމައެކަނި ދިވެހިންގެ މޭގައެއް ނޫނެވެ. ރާއްޖޭގެ ތޮށިގަނޑު ހުރަސްކޮށް އިންޑިއާ އިން ވެސް މި ލަވައަށް ސަމާލުކަން ލިބިއްޖެ އެވެ.

އިންޑިއާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރު ޝާމް ސަންޖޭ އަށް މި ލަވަ ވަނީ ފާހަގަކުރެވިފަ އެވެ. 

އިންސްޓަގްރާމްގައި 248،000 ފޮލޮވަރުންް ތިބި ޝާމް އިނގިރޭސި ލަވަތައް ވެސް އޭނާގެ އަމިއްލަ ފޭޑީގައި ކިޔަ އެވެ. އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ބައެއް ލަވަތައް ވެސް އޭނާ ކިޔާފައިވެ އެވެ.

އަނެއްހެން ބުނާ ނަމަ ޝާމްގެ ކަމަކީ "ލަވައަށް ކުރަފި އެރުވުމެވެ." މާބޮޑު ކަމަކަށް ނަހަދާ ހިޔާލެއް ފިކުރެއް ނެތި އިންޑިއާ އެކްސެންޓުން ލަވަ ކިޔާލާ އިރު ހިނި ވެސް އާދެ އެވެ. އެކަމަކު މިގޮތަށް ކިޔައިގެން އޭނާ އެ ލަވައެއް މީހުންނަށް އިތުުރަށް ޝައުގުވެރި ކުރުވަ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެކަތި ބޮޑުބެރު ގުރޫޕުން އެއްކާފު ސްޓޫޑިއޯއާ ގުޅިގެން ނެރުނު 'މަރިޔަމް މަލާ' ވަނީ އެންމެ ހަތަރު ދުވަސް ތެރޭ އެއް ލައްކަ ވިއުސް ހޯދާފަ އެވެ. ދިވެހިންގެ ޓިކްޓޮކްގައި ވެސް މި ލަވައިގެ ކަޑިތައް އަންނަނީ ބޭނުން ކުރަމުންނެވެ.

ޝާމް ސަންޖޭގެ ލޮލުގައި މި ލަވަ އަޅައިގަނެ އޭނާ ވެސް މި ލަވަ ކިޔާލަން ބޭނުންވީ އެވެ. އަދި އެކަތި ބޮޑުބެރުން އޭނާއަށް އެ ފުރުސަތު ދިނުމާ އެކު، ލަވައިގެ ވީޑިއޯ ހަދައި މިހާރު ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.

އާއްމުކޮށް އިންޑިއާ މީހުން އުފައްދާ ލަވަތައް ދިވެހިން ކިޔަސް، މިފަހަރު މި އޮތީ އިންޑިއާ މީހަކު ދިވެހި ލަވައެއް ކިޔައިފަ އެވެ.

އެކަތި ބޮޑުބެރު ގްރޫޕުގެ ލަވަ 'މަރިޔަމް މަލާ'ގެ މަންޒަރެއް. (ފޮޓޯ/އެކަތި)

ރަވީ ފާރޫގް ޑައިރެކްޓްކޮށް، ބ. ތުޅާދޫގައި ޝޫޓްކޮށްފައިވާ 'މަރިޔަމް މަލާ' އަކީ އެކަތި ބޮޑުބެރު ގްރޫޕުން ހަތް ލަވައެއް ހިމަނައިގެން އުފައްދާ '231' އަލްބަމުން ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ލަވަ އެވެ. ލަވައަށް ލިބުނު ސަމާލުކަމާ އެކު އެ އަލްބަމަށް ކުރެވޭ އިންތިޒާރު ބޮޑެވެ.

ކޮމެންޓް (3)

އީމާނޫ

23 ފެބްރުއަރީ 2025
މިވަރަށް ރަނގަޅުވީސް ތި ސާމެއްވެ ވާހަކަ ނުގެނެސް ހަމައެކަނި އެލަވައިގެ ވާހަކަ ގެނެސްދިންނަމަ.
3 0

ހޫން

23 ފެބްރުއަރީ 2025
އެކަތި ބޮޑުބެރުން އޭނާއަށް އެ ފުރުސަތު ދިނީމަތަ އެލަވަކީ؟ އެހެންލަވަތަށް އޭނަކިޔަނީ ހަމަ ކިޔަން ފުރުސަތުދިނީމަތަ؟ ނުވިސްނުނު.
1 0

ހަމްދޫން

23 ފެބްރުއަރީ 2025
ތިލަވަ ވަރަށްގިނަ މީހުންނަށް ކަމުގޮއްސި. އެކަމަކު ޝާމް ސަންޖޭއަކީ އެއްވެސްވަރަކަށް ކަމުދާ މީހެއްނޫން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް