2024 ވައިއާރު4 އެސްޓްރޮއިޑް ދުނިޔެއާ ދިމާއަށް އަންނަ މަންޒަރުގެ ޚިޔާލީ ކުރެހުމެއް. މި އެސްޓްރޮއިޑް 2032 ވަނަ އަހަރު ދުނިޔޭގައި ޖެހުމުގެ ފުރުސަތު 3.1% ގައި އޮތްކަމަށް ނާސާއިން ބުނޭ .

ޖައްވީ ދިރާސާ

2032 ވަނަ އަހަރު ދުނިޔޭގައި ޖެހޭނެކަމަށް ބެލެވުނު އެސްޓްރޮއިޑް ދުނިޔޭގެ ބިމުގައި ޖެހުމުގެ ފުރުސަތު 1.5% އަށް ދަށްވެއްޖެ

2024 ވައިއާރު4 ގެ ނަމުން ފާހަގަކުރެވިފައިވާ އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ ފުރުސަތު އޮތީ ކުޑަ މިންވަރެއްގައި ކަމަށާއި އިތުރު ދިރާސާތަކާއެކު މި ފުރުސަތު ސުމަކަށް ދަށްވެދާނެ ކަމަށް ނާސާއިން ބުނެފި
23 ފެބްރުއަރީ 2025

2024 ވައިއާރު4 ގެ ނަމުން ފާހަގަކުރެވިފައިވާ އެސްޓްރޮއިޑް 2032 ވަނަ އަހަރު ބިންމައްޗަށް ޖެހުމުގެ ފުރުސަތު 1.5 އިންސައްތައަށް ދަށްވެފައިވާ ކަމަށް ނާސާއިން ބުދަ ދުވަހު ބުނެފިއެވެ.

އެސްޓްރޮއިޑް ބިމުގައި ޖެހުމުގެ ފުރުސަތު 3.1%ގައި އޮތް ކަމަށް ކުރިން ބުނިނަމަވެސް ނާސާއިން ބުރާސްފަތި ދުވަހި ބުނެފައިވަނީ، ކުރިޔަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައި މި އެސްޓްރޮއިޑްގެ އިތުރު ދިރާސާތައް ކުރެވޭވަރަކަށާ ދުނިޔޭގައި ޖެހުމުގެ ފުރުސަތު "ބަދަލުވަމުންދާނެ" ކަމަށެވެ.

  • ފެބްރުއަރީ 15 ގައި ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީން ބުނެފައިވަނީ، 130 އާއި 300 ފޫޓު ދެމެދުގެ ދިގުމިނުގެ މި އެސްޓްރޮއިޑް ބިމުގައި ޖެހުމުގެ ފުރުސަތު 1.6% ގައި އޮތް ކަމަށެވެ.

ނާސާއިން ބުނެފައިވަނީ، މި އެސްޓްރޮއިޑް ދުނިޔޭގައި ޖެހިއްޖެނަމަ ލިބޭނެ ގެއްލުމުގެ މިންވަރު ބިނާވެގެންވަނީ އެސްޓްރޮއިޑްގެ ސައިޒާއި އެކުލެވިގެންވާ މާއްދާތަކުގެ މައްޗަށް ކަމަށެވެ. އެސްޓްރޮއިޑް ކަނޑަށް ވެއްޓިއްޖެނަމަ، ބޮޑު ސުނާމީއެއް އުފެދުމުގެ ފުރުސަތު ކުޑަ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

2024 ވައިއާރު4 އެސްޓްރޮއިޑްގެ ކުރެހުމެއް (ވ). ކަނާތްފަރާތުގައި ވަނީ އިރުގެ ނިޒާމުގެ ތެރޭގައި ދުނިޔެ އަދި 2024 ވައިއާރު4 ގެ އޯބިޓް ދައްކުވައިދޭ ކުރެހުމެއް. މި އެސްޓްރޮއިޑަކީ 2024 ގެ ޑިސެމްބަރު 27 ގައި ފުރަތަމަ ފެނުނު، 130 އާއި 300 ފޫޓާ ދެމެދުގެ ބޮޑުމިނުގެ އެސްޓްރޮއިޑެއް.

އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެނަމަ، ސިޓީއެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފުޅާ ދާއިރާއެއްގައި ކުދިކުދި ގެއްލުންތައް ލިބިދާނެ ކަމަށް ނާސާއިން ބުނެ އެވެ.

  • މި އެސްޓްރޮއިޑް ހަނދުގައި ޖެހުމުގެ ފުރުސަތު މިހާރު އޮތީ 0.8% ގައި ކަމަށްވެސް ނާސާއިން ބުނެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް