2024 ވައިއާރު4 އެސްޓްރޮއިޑް 2032 ގައި ހަނދުގައި ޖެހުމުގެ 3.8% ފުރުސަތު މިހާރު އެބައޮތް.
ހަނދަށް ވެއްޓިދާނެކަމަށް ލަފާކުރެވޭ '2024 ވައިއާރު4' އެސްޓްރޮއިޑްގެ ބޮޑުމިން ނާސާއިން އަލުން ވަޒަންކޮށްފި
މީގެ ތިން މަސް ކުރިން ފުރަތަމަ ފެނުނު އެސްޓްރޮއިޑް 2024 ވައިއާރު4 ހަނދަށް ވެއްޓުމުގެ ފުރުސަތު ދެގުނަ އިތުރުވެއްޖެ އެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މި އެސްޓްރޮއިޑް ހަނދަށް ވެއްޓުނުކަމުގައި ވިޔަސް ހަނދު ދައޮރުވަމުންދާ މަގަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު އެސްޓްރޮއިޑް 2024 ވައިއާރު4 އާ ބެހޭގޮތުން ނާސާއިން މަޢުލޫމާތުވަނީ އަޕްޑޭޓްކޮށްފަ އެވެ.
-
ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްއިން ހޯދާފައިވާ އާ އިންފްރާރެޑް އޮބްޒަވޭޝަންތަކުން މި އެސްޓްރޮއިޑްގެ ބޮޑުމިނާބެހޭ މައުލޫމާތުގެ ޔަގީންކަން އިތުރުވެފައިވެ އެވެ. މިހާރު 2024 ވައިއާރު4 ގެ ބޮޑުމިން އަންދާޒާކުރެވެނީ 53-67 މީޓަރު ކަމަށެވެ. މިއީ ގާތްގަނޑަކަށް 10 ބުރީގެ އިމާރާތެއްގެ އުސްމިނެވެ. ކުރިން ބިމުގައި ހުރި ޓެލެސްކޯޕްތަކުން ފެންނަ އަލީގެ މިންތަކުން އަންދާޒާކޮށްފައިވާ ބޮޑުމިނަކީ 40-90 މީޓަރެވެ.
Thanks to @NASAWebb, we have more information about asteroid 2024 YR4. It's about the size of a 10-story building.
— NASA Asteroid Watch (@AsteroidWatch) April 2, 2025
Based on data from Webb and ground-based telescopes, the asteroid also has a nearly 4% chance of impacting the Moon in 2032.https://t.co/RbnUfekufX pic.twitter.com/880aOzXf9f
ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ މާހިރުން 2024 ވައިއާރު4 ގެ 2032 ވަނަ އަހަރުގެ ޑިސެމްބަރު 22 ގައި ހަނދަށް ވެއްޓުމުގެ ފުރުސަތު އަޕްޑޭޓްކޮށްފައިވެ އެވެ. ފެބްރުއަރީ ފަހުކޮޅު މި ފުރުސަތު އޮތީ 1.7% ގައެވެ. ނަމަވެސް ވެބް ޓެލެސްކޯޕްގެ ޑޭޓާ އަދި ބިމުގައި ހުރި ޓެލެސްކޯޕްތަކުން ލިބުނު މައުލޫމާތަށް ބިނާކޮށް މިހާރު ހަނދުގައި ޖެހުމުގެ ފުރުސަތު އިތުރުވެފައިވަނީ 3.8% އަށެވެ. ނަމަވެސް ހަނދު ކައިރިން ދިއުމުގެ 96.2% ފުރުސަތު އަދިވެސް އެބައޮތެވެ. ކުޑަ ފުރުސަތެއްގެ ތެރެއިން މި އެސްޓްރޮއިޑް ހަނދަށް ވެއްޓުނުކަމުގައި ވިޔަސް، އޭގެ ސަބަބުން ހަނދުގެ މަގަކަށް ބަދަލެއް ނާންނާނެ އެވެ.
#Asteroid 2024 YR4, once feared to hit Earth, now has a 3.8% chance of impacting the moon. This potential event offers a unique opportunity for scientific observation and planetary #Defense insights. https://t.co/OVyLt1BeOO
— Phys.org (@physorg_com) April 3, 2025
-
އޭޕްރީލް މަހުގެ މެދަކާހަމައިން ފެށިގެން، އެސްޓްރޮއިޑް 2024 ވައިއާރު4 އަކީ ބިމުގައި ހުރި ޓެލެސްކޯޕްތަކަށް ފެންނަން ނެތްވަރަށް ދުރުގައި ހުންނާނެ އަދި މާ ކަޅުކޮށް ފެންނަ އެސްޓްރޮއިޑްއަކަށް ވެގެންދާނެ އެވެ. ނަމަވެސް ވެބް ޓެލެސްކޯޕްއިން އޭޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މޭ މަހުގެ ކުރީކޮޅު އަލުންވެސް މި އެސްޓްރޮއިޑް އޮބްޒާވްކުރާނެ އެވެ.