'ލިލީ'ގެ ރޯލަކުން ފިލްމީ ދާއިރާއަށް އަލަށް ނުކުތް އެކްޓްރެސް މަރިޔަމް ޝިމާ އޭނާގެ ފުރަތަމަ ފިލްމުގެ ޕްރިމިއާ ހަފްލާއިން ފެނިގެންދިޔައީ ރަންކުލައިގެ ހެދުމެއްގައި (ފޮޓޯ/ކްރިއޭޓިވް އިވެންޓްސް)
'ލިލީ'ގެ ޕްރިމިއާއިން އެންމެ ރީތީ ކޮން ހެދުމެއް؟
ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ ފިލްމް 'ލިލީ' އޮލިމްޕަހުގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ޕްރިމިއާކުރި ހަފްލާގެ ދައުވަތު ކާޑުގައި އެދިފައި އޮތީ ޒަމާނީކޮށްލާފައިވާ ސަގާފީ ދިވެހި ހެދުމެއް ލައިގެން ދިޔުމަށެވެ. ރެޑް ކާޕެޓުން ފެނުނީ ދިވެހިވަންތަ ހެދުންތަކުގެ ތަފާތު ސްޓައިލްތަކެވެ.
އައިޝާ އަހުމަދު
'ލިލީ'ގެ މައިގަނޑު ރޯލު އަދާކޮށްފައިވާ އައިޝާ އަހުމަދު އެ ފިލްމުގެ ޕްރިމިއާ އިވެންޓުން ދެ ހެދުމެއްގައި ފެނިގެންދިޔަ އެވެ.
ނިއުމާ މުހައްމަދު
ދިވެހި ފިލްމު އިންޑަސްޓްރީގެ ތަހުތުގައި ރަނިކަން ކޮށްފައިވާ ނިއުމާ މުހައްމަދު ފެނުނީ ފޭލީގެ ޑިޒައިން ހުރި ކަޅާއި ހުދުގެ ރީތި މިޑީއެއްގަ އެވެ. ހެދުމާ ގުޅުވާލައިގެން އޭނާ ހުރީ ބޮލުގައި ތޮތްޕެއް ވެސް އަޅައިގެންނެވެ.
ވާޝިޔާ މުހައްމަދު
ވާޝިޔާ ލައިގެން ހުރީ މާމެއިޑް ސްކާޓެއް ހިމެނޭ ދަނބުކުލައިގެ ރީތި ހެދުމެކެވެ.
މަރިޔަމް ޝިމާ
ފިލްމީ ދާއިރާއަށް އަލަށް ނުކުތް މަރިޔަމް ޝިމާ ހުރީ ރަންކުލައިގެ ގައުނެއްގަ އެވެ. އެއީ އޭނާއަށް ބޮޑު ރެއެކެވެ. އަޒްހާން އިބްރާހިމްގެ ފިލްމަކުން އޭނާގެ ފުރަތަމަ ފެނިލުން އައުމާއި އެ ފިލްމުގައި ގެނެސްދީފައިވާ ރޯލް ވެސް ފުރިހަމަ އެވެ. މިއީ މި ދާއިރާއަށް އަލަށް ނުކުތް ފަންނާނެއްކަމެއް އޭނާގެ އެކްޓިންއަކުން ފާހަގައެއް ނުވެ އެވެ.
ފާތިމަތު ވިޝާމާ (ވިކީ)
ފާތިމަތު ވިޝާމާގެ ސްޓައިލްއަކަށް ވީ ދިވެހި ލިބާސް ޒަމާނީ ގޮތަކަށް ގެނެސްދިނުމެވެ. އެންމެ ފާހަގަކޮށްލެވެނީ ލިބާސް ގޮތަށް ހުރި ހެދުން ހުދު ކުލައިގެ ބޫޓްސްއާ އެކު ސްޓައިލްކޮށްފައިވާ ކަމެވެ. ވިޝާމާ ބުނިގޮތުގައި އޭނާ ވަނީ ރަންކުލައިގެ ފަތްތަކެއް ހެދުމުގައި ހިމަނައި މުޅި ހެދުމަށް ވެސް ފަތެއްގެ ބައްޓަން ގެންނަން މަސައްކަތްކޮށްފަ އެވެ.
އާމިނަތު ރަޝްފާ (އާޝާ)
ނިވާކަން ބޮޑުކޮށް ހެދުން އަޅަން ފަށާފައިވާ ފިލްމީ ތަރި އާމިނަތު ރަޝްފާ (އާޝާ) ވެސް 'ލިލީ'ގެ ރެޑް ކާޕެޓުން ފެނިގެންދިޔަ އެވެ. މިއީ 'ލިިލީ'ގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ ފުރަތަމަ ފިލްމް 'މިއީ އިޝްގު'ގެ ބަތަލާ އެވެ.
މި ނޫން ވެސް ތަފާތު ނަލަ އެތައް ހެދުމެއް 'ލިލީ'ގެ ރެޑް ކާޕެެޓުން ފެނިގެންދިޔަ އެވެ.
މި ސްޓައިލްތަކުގެ ތެރެއިން އެންމެ ފުރިހަމައީ ކޮން ހެދުމެއްތޯ ނިންމާނީ ކިޔުންތެރިންނެވެ.