މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ (މ) ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވުމާ އެކު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާނުގެ ކްރެޑިޓް ކާޑުގެ ދަރަނި ވެސް ދެއްކެވީ 'ޕޮންޒީ ސްކީމު' ފެއްޓެވި ފަހުން

އަމިއްލަ ނަމުގައި އޮތް ލޯނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ވެސް ބީއެމްއެލްއިން ކޯޓަށް ދިޔަ؛ އެ ފައިސާ ވެސް މިހާރު ވަނީ ދައްކާފައި

ފޮރެކްސް ޓްރޭޑުކޮށްގެން ފައިދާ ހޯދައިދިނުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ ނަންގަވައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަންގަވާފައިވާ ދެ ކްރެޑިޓް ކާޑަކަށް ނުދައްކަވާ ހުރި ފައިސާ، އިންޓްރެސްޓާއި ޖޫރިމަނާއާ އެކު މި ފަހުން ދައްކަވައިފި އެވެ.

އެނގުން މުހިިންމު - އަލްހާނުގެ ކްރެޑިޓް ކާޑުތަކަށް ފައިސާ ދެއްކެވިއިރު، 1،600 ވަރަކަށް މީހުންގެ އަތުން ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ނަންގަވައިގެން ފޮރެކްސް ޓްރޭޑިންގެ ނަމުގައި ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތު ކުރެވޭ ސްކީމެއް ހިންގެވިކަން މި މަހުގެ ތެރޭގައި ވަނީ ފަޅާއަރާފަ އެވެ.

ގުޅުންހުރި ކަމެއް - އަލްހާނުގެ އަމިއްލަ ނަމުގައި ބީއެމްއެލްއިން ނަންގަވާފައިވާ ލޯނަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ވެސް ބީއެމްއެލްއިން ކޯޓަށް ދިޔަ އެވެ. އެ ދަރަނި ވެސް އަލްހާނު ވަނީ، މި ސްކީމު ފެއްޓެވި ފަހުން ދައްކައި ހަލާސްކުރައްވާފަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ތާރީހެއް ކަމެއް ނޭނގެ އެވެ.

ވީ ކިހިނެއް؟ - އަލްހާނުގެ ކްރެޑިޓް ކާޑުތަކާ ގުޅޭ މައްސަލައެއް ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު 8ގަ އެވެ.

އެއީ، އޭނާ ބީއެމްއެލްއިން ނަންގަވާފައިވާ 'ވިސާ ޕްލެޓިނަމް ކްރެޑިޓް ކާޑަ'ކާއި 'އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑެ'އް ބޭނުން ކުރެއްވުމަށް ފަހު، އެއްބަސްވެފައިވާ ގޮތަށް އަނބުރާ ފައިސާ ނުދައްކަވައިގެން ހުށަހެޅި މައްސަލައެކެވެ. 

އެނގުން މުހިންމު - އަލްހާނަށް ބީއެމްއެލްއިން ދިން ކްރެޑިޓު ލިމިޓު ނޭނގުނަސް، ބީއެމްއެލްއިން އާންމުކޮށް ކްރެޑިޓު ކާޑު ދޫކުރަނީ:

  • ވިސާ ޕްލެޓިނަމް ކްރެޑިޓު ކާޑުގެ ލިމިޓު: 5،000-24،999 ޑޮލަރު (77،000-385،484ރ.އާ ދެމެދުގެ އަދަދެއް)

  • އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑުގެ ލިމިޓު: 22،000ރ. އިން ފެށިގެން މަތި

ތަފްސީލު - ބީއެމްއެލްއިން ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި އަލްހާނު ވަނީ ކްރެޑިޓް ކާޑަށް ނުދައްކާ ހުރި ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާއަށްވާ ފައިސާ ވެސް ދައްކައި ހަލާސްކުރައްވާފަ އެވެ.

އެހެންވެ އިއްޔެ ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށް، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި އަލްހާނު ބީއެމްއެލްއަށް ދައްކަން ޖެހޭ ފައިސާ ޖަމާކުރެއްވީ ކޮން ތާރީހަކު ކަމާއި އެއީ ކިހާ އަދަދެއްކަން ބަޔާންކޮށްފައެއް ނެތެވެ.

ނަމަވެސް، ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ބީއެމްއެލްއިން ސިޓީއެއް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އެހެންވެ، އެ ފައިސާ އަލްހާނު ދެއްކެވީ މިދިޔަ ޑިސެމްބަރު މަހު، ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތު ކުރެވޭ ސްކީމް ހިންގަވަން ފެއްޓެވި ފަހުންނެވެ.

މައްސަލައިގެ ހުލާސާ:

  • 8 ސެޕްޓެމްބަރު 2021 - އަލްހާނުގެ ދެ ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކާ މައްސަލަ ބީއެމްއެލްއިން ކޯޓަށް ވެއްދި

  • ޑިސެމްބަރު 2021 - ކިންގްސް ފޮރެކްސްގެ ނަމުގައި ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތު ކުރެވޭ ސްކީމެއް ފެއްޓެވި

  • 10 މާޗު 2022 - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދައިގެން ހިންގާ ސްކީމަކާ މެދު ސަމާލުވާން މަރުކަޒީ ބޭންކުން އެދުނު

  • 10 މާޗު 2022 - އަލްހާން އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ފްރީޒްކުރި؛ އެނގިފައިވާ ގޮތުގައި، ފްރީޒް ކުރިއިރު އެކައުންޓުގައި ހުރީ 3 މިލިއަން ރުފިޔާ

  • 21 މާޗު 2022 - ކްރެޑިޓް ކާޑަށް އަލްހާނު ދައްކަވަން ޖެހޭ ފައިސާ ބީއެމްއެލްއަށް ލިބިފައިވާތީ، ސިވިލް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްދޭން އެދި އެ ބޭންކުން ކޯޓަށް ސިޓީ ފޮނުވި

  • 21 މާޗު 2022 - ފުލުހުން، އަލްހާނު ހިންގެވި ސްކީމުގެ ޖިނާއީ ތަހުގީގެއް ފެށި

އިތުރަށް ކިޔާލަން:

ކޮމެންޓް (5)

ސsjުusއ

23 މާރިޗު 2022
ފައިދާ ލިބުނޭ... ނޫސްވެރިޔާއަށް ބމލ އިން ސުޕޮންސަރ ދޭތީ ލިޔަނީ 1 ފަޅި
0 2

އިބްރާހީމްސ

23 މާރިޗު 2022
ފާޅުގައި އޮޅުވާލައި މީސްމީހުންނަށް ލަނޑުދެމުން ދާއިރުވެސް މިމީހުން ހައްޔަރުކޮށް ބަންދު ކުރެވޭނެ ގޮތެއް ހަމަނެތީބާ؟ މިރާއްޖޭގައި ހަމަހަމަކޮށް ކުށްވެރިންގެ މައްޗަށް ގާނޫނު ހިނގާނީ ކޮންއިރަކުންބާ؟؟
1 1

ޕުޓިން

23 މާރިޗު 2022
މާބޮޑައް ޒާތީވެގެން ހަބަރު ލިއުނީމަ ކަމަކުނުދޭ.
3 8

އަހަންމަދުބޭ

23 މާރިޗު 2022
@ޕުޓިން އެމީހަކަށް ކަމުދާ ނުވަތަ ގަޔާވާ ނުވަތަ އަމިއްލަ މަސްލަހަތު ހުންނަކަންކަން ކަމުނުދާނެއެވެ. މިއާރޓިކަލްގައި އިންގެންޖެހޭ ކަންކަން ފިޔަވާ އެހެން ޒާތީއޮތީ ކޮންކަމެއްހެއްޔެވެ. މިއަދު އަލްހާންއާ އަދި އަލްހާންގެ އާއިލާއިން ކުރަމުން މިދާކަންކަން އަރާހަމަވީމަވެސް ގޯސްވާނީ ސަރުކާރާ މުއައްސަސާތަކާ އަދި މީޑިއާއެވެ. އަލްހާންމެން ކުރަމުން ދާ ސުކީމް ދުނިޔޭގެ އެއްވެސް ގައުމެއްގައި ކާމިޔާބުވެފަކާނެތެވެ. އޭގެ ބަދަލްގައި ވަކިހިސާބަކުން އިންވެސްޓަރުންނަށް އޮތީ ލަޑުލިބި ސުކީމް ހިންގައިމީހުން އޮތީ ބަގުރޫޓްވެފައެވެ. ސުވާލްއަކީ މިހައިފާދާލިބޭ ކަމެއްނަމަ ކީއްވެގެންތޯ އަލްހާންގެ ކާޑްތަށް ޑިފޯލްޓްވާންވީ، ކީއްވެގެންތޯ އަލްހާމެންގެ ލޯންތަށް ޑިފޯލްޓްވާންވީ؟ އަލްހާން މިގޮތަށް ޓުރޭޑް ކުރާތާ 2 ތިންއަހަރުވެދާނެ، މިވަރުގެ ފައިދާލިބޭނަމަ ކީއްކުރަންތޯ އެހެންމީހުންގެ ލާރިން މިކަން ކުރަންވީ މިކަންކަމަށް ވިސްނާލައި ފުރަތަމަ، މިފަދަ ސުކީމްތަކަކީ ދުރާލައި ވަރަށް ގިނަގައުމުތަކުގައި ކުރަމުން އަންނަކަމެކެވެ، ފެށިގެން ދަނީ ބުނިގޮތަށް ފައިދާ އިންވެސްޓަރުންނަށް ދެމުންނެވެ، އޭގެ ފަހަތުން ދާނީ އިތުރު އިންވެސްޓަރުން ގެންނަމުން ފައިދާ ކުޑަކުރަމުން މުއްދަތު ދިގުކުރަމުންނެވެ. މިހެންގޮސް 3 ހަތަރު އަހަރުވާއިރު މުޅިސުކީމް އޮންނަނީ އޮޅުން ބޮޑުވެ އިންވެސްޓަރުން ފަހަތުން ދުވާހިސާބަށް ގޮސްފައެވެ. މިކަންކަން ގިނަބަޔަކަށް ރޭކައިލަނީ މާފަހުންނެވެ. ހަގީގަތަކީ ފުރަތަމަ އިންވެސްޓުކުރާމީހުންދަނީ ލިބޭފައިދާ ބޮޑުކަމުން ބޮޑުފައިދާ ހޯދަން ލިބޭލާރިވެސް ރިއިންވެސްޓްކުރަމުންނެވެ. މިކަން ގޯހަށްދާއިރު އެއްވެސް ބަޔަކަށް ހަގީގަތުގައި ފައިދާއެއް ވެފަކާނޯވެއެވެ. ކަންގޮސް ނިމެނީ ހަމަ ޖުވާކުޅުމާދާދި އެއްގޮތަކަށެވެ. ދުނިޔޭގަ މިފަދަ ކޮންމެ ކަމެއްވަނީ އެތަށްގޮތަކަށް ތަޖުރިބާކޮށް ކަމުގެ ހުރިނުރައްކާކަން ގައުމުތަކުގެ ރައްޔިތުންނަށް ބުނެދީފައެވެ.
6 0

އޖިޔywގ

23 މާރިޗު 2022
@އަހަންމަދުބޭ ސުކުން ދަސްކުރާން ދޭ ސޮޑު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް