ތިލަފުށި ވެމްކޯ ސައިޓު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވުމުން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
ކ. ތިލަފުށީގައި ތިލަފުށީގައި ހިންގަމުންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެންލުންވެ، ވިލިމާލެ އަދި ހުޅުމާލެއިން ތިލަފުއްޓަށް ގެންދާ ކުނި ބަލައިގަންނަ މިންވަރު މަދުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވެމްކޯ ސައިޓު ކުނިގޮނޑެއްގައި އަލިފާން ރޯވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ. އެރޭ 10:20 ހާއިރު ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު މަތިރިކުރެވުނީ ހެނދުނު 8 ޖަހާކަށް ހާއިރެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަލިފާން ރޯވީ ތިލަފުށީގައި ހިންގަމުންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގަ ކަމަށެވެ. ވެމްކޯއިން ބުުނިގޮތުގައި:
-
އެ ހާދިސާއާ ގުޅިގެން ތިލަފުށީ ވެމްކޯ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ވަނީ ޖެހިފައި
-
އެހެންވެ، ދުވަހުން ދުވަހަށް ކުރަމުން ގެންދާ ހިދުމަތަށް ހުރަސްއެޅި މަސައްކަތް މަޑުޖެހިފައިވޭ
-
ތިލަފުށިން ދެމުންދާ ހިދުމަތްތަކަށް ބޫރޫއަރާފައިވޭ
-
ހާއްސަކޮށް، ހުޅުމާލެ އަދި ވިލިމާލެ ޓްރާންސްފާ ފެސިލިޓީ ތަކުގެ އޮޕަރޭޝަންތަކަށް ވެސް ވަނީ އަސަރުކޮށްފައި
-
ތިލަފުށި ސައިޓުގެ އޮޕަރޭޝަން ކުރީގެ ހާލަތަށް އިޔާދަ ކުރުމަށް ދަނީ މަސައްކަތްކުރަމުން
"[އެހެންވެ،] މި ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކުރުމަށް މަޖުބޫރުވެފަ އެވެ،" ވެމްކޯގެ ބަޔާނުގައިވެ އެވެ.
"އަދި މި ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދެމުންދާ ހުރިހާ ސައިޓުތަކެއްގެ މަސައްކަތްތައް ބެލުމަށް ފަހު ދިމާވި ހާދިސާއާ ގުޅިގެން އާންމުންނަށް މިކަމުން ކުރާނެ އަސަރު ވީހާވެސް ކުޑަކޮށް ވީ އެންމެ އަވަސް މުއްދަތެއްގައި އޮޕަރޭޝަން ކުރީގެ ހާލަތަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،"
މިކަމުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކަށް މައާފަށް އެދުނެވެ.
ކޮމެންޓް