ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނިގޮނޑެއްގައި ރޯވި އަލިފާންގަނޑު ނިއްވަން އެމްއެންޑީއެފްއިން އަދިވެސް އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުން

ތިލަފުށި

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވެއްޖެ

އެމްއެންޑީއެފްއިން ބުނީ ތިލަފުށީ ކުނިގޮނޑެއްގައި ރޭ ރޯވި އަލިފާންގަނޑު ނުފެތުރޭ ވަރަށް ކޮންޓްރޯލުކުރެވުނީ މިއަދު ހެނދުނު ކަމަށް؛ އެކަމަކު އަދިވެސް އެއްކޮށް ނިއްވާނުލެވޭ
17 ގަޑިއިރު ކުރިން

ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނި ގޮނޑެއްގައި ރޭ އަލިފާން ރޯވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފް އިން ބުނިގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، ރޭ 10:20 އެހާކަންހާއިރު އެވެ. އެވަގުތުން ފެށިގެން، ތިލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އަލިފާންގަނޑު ނިއްވުމަށް ހަރަކާތްތެރިވަމުން ދިޔަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ތަފްސީލް - އެމްއެންޑީއެފްއިން ބުނިގޮތުގައި، ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާވަރަށް މިހާރު ވަނީ ކޮންޓްރޯލުކުރެވިފަ އެވެ. އެގޮތުން ބުނީ:

  • އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު

  • ނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން

  •  ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވާލުމަށް އިތުރު ވަގުތު ހޭދަވާނެކަމަށް ބެލެވޭ

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފްއިން އަދި ހާމައެއްނުކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް