ޑރ. ފަޒްނާ: އޭނާ ހާއްސަވެވަޑައިގެންފައިވަނީ އޯޓިޒަމް ފަދަ ބަލިތަކަށް.

މަރު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން ޑރ. ފަޒްނާ އަވަހާރަވެއްޖެ

ޑރ. ފަޒްނާއަކީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އާއި އޭޑީއެޗްޑީ އާއި ދަސްކުރުމުގެ ނުކުޅެދުންތެރިކަން ފަދަ ބަލިތަކަށް ހާއްސަވެވަޑައިގަތް ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު
6 ގަޑިއިރު ކުރިން

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން ޑރ. އައިމިނަތު ފަޒްނާ އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގދ. ގައްދުއަށް ނިސްބަތްވާ ޑޮކްޓަރު މިއަދު މާލޭގައި އަވަހާރަވީ އުމުރުން 47 އަހަރުގައި، ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ތަފްސީލް - ޑރ. ފަޒްނާއަކީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އާއި އޭޑީއެޗްޑީ އާއި ދަސްކުރުމުގެ ނުކުޅެދުންތެރިކަން ފަދަ ބަލިތަކަށް ހާއްސަވެވަޑައިގަތް ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. ކަމާ ގުޅޭ ތިން އަހަރުދުވަހުގެ ތަމްރީނުތައް ޑރ. ފަޒްނާ ފުރިހަމަކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވަސިޓީ އާއި އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިންނެވެ.

އެ ދާއިރާ އިން ހާއްސަވެވަޑައިގެން، އައިޖީއެމްއެޗުގައި މަސައްކަތްކުރައްވަން ފެއްޓެވީ 2024 ވަނަ އަހަރު އެވެ.

ޑރ. ފަޒްނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް