ޑރ. ފަޒްނާ: އޭނާ ހާއްސަ ވެވަޑައިގެންފައިވަނީ އޯޓިޒަމް ފަދަ ބަލިތަކަށް.

އައިޖީއެމްއެޗް

އޯޓިޒަމް ފަދަ މައްސަލަތައް ދެނެގަތުމަށް ހާއްސަ ޑރ. ފަޒްނާ ފަރުވާ ދޭން ފައްޓަވައިފި

ތަމްރީނުތަކަށް ފަހު ރާއްޖެ ވަޑައިގެން އޭނާ ފަރުވާ ދެއްވަން ފެއްޓެވީ އައިޖީއެމްއެޗުގައި؛ އޭނާ އަކީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން
3 އޮކްޓޯބަރު 2024

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން ޑރ. އައިމިނަތު ފަޒްނާ އައިޖީއެމްއެޗުގައި ފަރުވާ ދޭން ފައްޓަވައިފި އެވެ.

ވީ ކިހިނެއް؟ - ކިޔަވާ ވިދާޅުވުމަށް ފަހު އެނބުރި ވަޑައިގަތްކަން އިއުލާން ކުރަމުން، އައިޖީއެމްއެޗުން މިއަދު ބުނީ ފަޒްނާ ހާއްސަ ވެވަޑައިގެންފައިވަނީ، ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އާއި އޭޑީއެޗްޑީ އާއި ދަސްކުރުމުގެ ނުކުޅެދުންތެރިކަން ފަދަ ބަލިތަކަށް ކަމަށެވެ.

ތަފްސީލް - އެ ފަދަ ބަލިތައް ދެނެގަތުމަށް ހަދާ، 'ބޭލޭ-4' އާއި 'އޭޑީއޯއެސް-2' ފަދަ އެންމެ ފެންވަރު ރަނގަޅު މިންގަނޑުތައް ބޭނުންކޮށްގެން، ފުރިހަމަ އެސެސްމެންޓުތައް ހެދުމުގެ ހުނަރު ފަޒްނާއަށް ލިބިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، ކަމާ ގުޅޭ ތިން އަހަރު ދުވަހުގެ ތަމްރީނުތައް އޭނާ ފުރިހަމަކުރައްވާފައިވަނީ، މެލޭޝިއާގެ ނެޝަނަލް ޔުނިވަސިޓީ އާއި އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް