ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައި، މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުރީގެ ރައީސުން މުޒާހަރާއަށް ނުކުމެ އުޅޭއިރު ސިފައިންގެ ސެކިއުރިޓީ ނުދޭން ނިންމައިފި

'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކުރަން ފާސްކުރީ އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ޕީއެންސީ މެމްބަރުންގެ ވޯޓުން

ކުރީގެ ރައީސުންނަށް އެމްއެންޑީއެފްއިން ދޭ ވީއައިޕީ ސެކިއުރިޓީ، އެ ބޭފުޅުން މުޒާހަރާ ކުރަން ނުކުމެ އުޅޭއިރު ވަގުތުތަކުގައި ދޭން ނުޖެހޭ ގޮތް ހަދަން، 'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ (241) ކޮމިޓީ އިން އިއްޔެ ނިންމައިފި އެވެ.

ތަފްސީލް - މި އުސޫލު އިސްލާހުކުރަން އެ ކޮމިޓީއަށް ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެގޮތަށް އުސޫލު އިސްލާހުކުރަން ފާސްވީ އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ޕީއެންސީ މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ވޯޓުދެއްވީ:

  • ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ

  • މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމް 

  • ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު

އިއްޔެގެ ބައްދަލުވުން ފެށުމާ އެކު އެ ކޮމިޓީ ސިއްރުކޮށްފައިވާތީ، މިގޮތަށް މި އުސޫލު ބަދަލުކުރަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސުންނަށް ސިފައިންދޭ ސެކިއުރިޓީ މުޒާހަރާތަކުގައި ބައިވެރިވާ ނަމަ އެ ވަގުތަށް ނުދޭން ނިންމާފައި މިވަނީ، މި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އިއްތިހާދުވެ، މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައި ނަޝީދާއި ސޯލިހު ވެސް ދޭތެރެއަކުން ބައިވެރިވެވަޑައިގަންނަވަ އެވެ. 

ކޮމެންޓް (1)

profile-image-placeholder

މަގުމަތީ ރައީސް

2 ގަޑިއިރު ކުރިން
އެއްވެސް ރައީސަކީ އުމުރަށް ރައީސްކަމުގެ ތަހުތުގައި ހުންނެވޭނެ ބޭފުޅެއް ނޫން، ވެރިކަން ބަދަލުވުމުން މުންޑުއަދެގެން ގޭގައި އޮންނަވަން ބޭނުން ފުޅުވެލައްވާނެ ރައީސެެއްވެސްނޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް