ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު(ފޮޓޯ/ރައީސް އޮފީސް)

ވިލިމާލެ ބްރިޖު

ތިލަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް: ރައީސް

ރައީސް މުއިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖުން ފީ ނުނަގަން ނިންމާފައިވަނީ ވެސް ވަރަށް ގިނަ މަޝްވަރާތަކާއި ދިރާސާތަކަށް ފަހު ކަމަށާއި އެ ނިންމުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށް
1 ގަޑިއިރު ކުރިން

މާލެ އާއި ވިލިމާލެ އާއި ތިލަފުށި ހިމެނޭހެން ގުޅާލަން އަޅާ 'ތިލަމާލެ ބްރިޖު'ން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ވެސް ކުރެވެމުން ނުދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

ނޫސްވެރިޔާ ސުވާލުކުރީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުން ހެދި ސިނަމާލެ ބްރިޖުން ޓޯލް ފީ ނެގުމަށް ފުރަތަމަ ވާހަކަދެކެވިފައިވާތީ ތިލަމާލެ ބްރިޖުން އެފަދަ ފީއެއް ނެގުމުގެ ވިސްނުން ގެންގުޅެންތޯ އެވެ.

ބުނީ ކީކޭ؟ - ޖަވާބުގައި ރައީސް ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ.

ސިނަމާލެ ބްރިޖުން ފީ ނެގުމާ މެދު އޭރު ވަރަށް ތަފްސީލުކޮށް މަޝްވަރާކުރެވި ވަރަށް ގިނަ ދިރާސާތަކެއް ވެސް ހެދުނު ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެންމެ ފަހުން އެ ފީ ނުނަގަން ނިންމީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދެން އެ ނިންމުން މިދިޔަ ސަރުކާރުން ވެސް ދެމެހެއްޓީ އަދި އަޅުގަނޑުމެން ވެސް މިކުރިއަށް ގެންދަނީ. އަދި އަޅުގަނޑުމެން މިހާރު އެ ހަދަމުންދާ ބްރިޖުގެ ޓޯލް ފީ ނަގާނެތޯއެއް މަޝްވަރާއެއް ނުކުރަން. އެކަމާ ގުޅޭ އެއްވެސް ކަހަލަ ކަމެއް އަދި ދިރާސާއެއް ވެސް ނުހަދަން،" ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޗައިނާގެ ހިލޭ އަދި ލޯނު އެހީގައި އެޅި ސިނަމާލެ ބްރިޖު 2018ގައި ބޭނުން ކުރަން ފެށުމުގެ ކުރިން ފީއެއް ނެގުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ. އޭގެ ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުނެގުމަށެވެ.

އެކަމަކު ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު އެ ފީ ނެގުމާ މެދު މަޝްވަރާތަކެއް ކުރެވުނެވެ. އެކަން މަޑުޖެހިފައި އޮތީ އޭރު ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭރު ރައީސް ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅުވުމުން ނޫނީ އެ ފީ ނުނަގާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން މިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމަން އޮތް ތާރީހުތައް އެކި ފަހަރުމަތިން ލަސްވަމުން ގޮސް އަދިވެސް އެތަން ނިމޭނެ ސީދާ ތާރީހެއް ނޭނގެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް