ބާ ކައުންސިލްގެ ރައީސް ހުސެން ސިރާޖު (ފޮޓޯ/ބާ ކައުންސިލް)

ބާ ކައުންސިލް

ގެގް އޯޑަރު މައްސަލައަށް ބާ ކައުންސިލުން ތަދައްހުލު ވެއްޖެ

އެ މައްސަލައަށް ތަދައްހުލު ވުމަށް މިއަދު ކޯޓަށް ހުށަހެޅީ ޑިއު ޕްރޮސެސް އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށް އެ ކައުންސިލުން ބުނި
1 ގަޑިއިރު ކުރިން

'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ނެރެފައިވާ ގެގް އޯޑަރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ބާ ކައުންސިލުން ތަދައްހުލު ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބާ ކައުންސިލުން މިއަދު ބުނީ އެ މައްސަލައަށް ތަދައްހުލު ވުމަށް މިއަދު ކޯޓަށް ހުށަހެޅީ ޑިއު ޕްރޮސެސް އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދިފާއުގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.

ތަފްސީލް - ގެގް އޯޑަރު ބާތިލްކޮށްދިނުމަށް ފުރަތަމަ ހައި ކޯޓަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. ނަމަވެސް، އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. 

ފަހުން އެ މައްސަލަ އިސްތިއުނާފު ކުރީ 'އަދަދު' ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އެވެ.

ގެގް އޯޑަރުގެ މައްސަލާގައި ބާ ކައުންސިލުން މީގެ ކުރިން ވަނީ ގެގް އޯޑަރު ބާތިލްކޮށޭން ޕީޖީގައި ވެސް އެދިފަ އެވެ. 

އަދަދުގެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުމަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނު ފަހުން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ޖަލުގައި ބަންދު ވެސް ކުރި އެވެ.

ޑޮކިޔުމެންޓްރީގެ މައްސަލާގައި 'އަދަދު'ގެ ސީއީއޯ ފިޔާޒާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކޮށްފައިވާ އިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވަނީ ތަހުގީގަށް ބަޔާން ނަގަން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް