އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނު ކުރެއްވުން (ފޮޓޯ/ރައީސް އޮފީސް)

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކޮށްފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ޝަކީލް އީސީ އަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކުރީ އިއްޔެ
1 ގަޑިއިރު ކުރިން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ޕީއެންސީގެ ކުރީގެ ރެޖިސްޓްރާ މުހައްމަދު ޝަކީލް މިއަދު އައްޔަނު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ޝަކީލް އީސީ އަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.

ތަފްސީލް - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަކީލް ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.

  • މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލް އަށް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު

އެނގުން މުހިއްމު - އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނާތީޖާއަށް ފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން އާންމުން ވަނީ އެކަމަށް ފާޑުވެސް ކިޔައިފަ އެވެ.

ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް