އެމްޕީއެލްގެ ބޯޑުން ވަކިކުރި ޒިޔަތު (ކ) އާއި އެ ބޯޑަށް އަލަށް އައްޔަންކުރި ލަމްއާން (ވ): ޒިޔަތު މިހާރު ވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުން އިސްތިއުފާ ދެއްވާފައި

އެމްޕީއެލް

ލަމްއާން އައުމާ އެކު ޒިޔަތު ވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުން އިސްތިއުފާ ދެއްވާފައި

މިދިޔަ މާޗު މަހު އެ މަގާމަށް ހަމަޖެއްސި ޒިޔަތު އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑުން މިދިޔަ މެއި މަހު ވަކިކުރުމާ އެކު، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ކަމުން އިބްރާހިމް ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުން ޒިޔަތު ވަކިކޮށް، ކުރިން އެމްއޭސީލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން ވަނީ މިދިޔަ މެއި މަހު އައްޔަން ކޮށްފަ އެވެ. އެއާ އެކު، އޭރު ލަމްއާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ވެސް އައްޔަން ކުރި އެވެ.

ތަފްސީލު - މިއަދު އެމްޕީއެލްއިން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، މީގެ މަހެއް ކުރިން ޒިޔަތު ވަނީ ޑެޕިއުޓީީ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ ކޮން ސަބަބާކާ ހުރެ ކަމެއް ނޭނގެ އެވެ. ނަމަވެސް ޒިޔަތު އިސްތިއުފާ ދެއްވީ، ލަމްއާން ވެސް ޑެޕިއުޓީ ސީއީއޯކަށް ހަމަޖެއްސުމާ އެކު އެވެ.

ޒިޔަތު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖެއްސީ މިދިޔަ މާޗު މަހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ. ބިޒްނެސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސްއެއް އޮތް ޒިޔަތު ގިނަ ދުވަސްތަކެއް ވަންދެން އެސްޓީއޯގައި ވެސް އުޅުއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޒިޔަތު އިސްތިއުފާ ދެއްވި ނަމަވެސް، ލަމްއާން ހިމެނޭހެން އެމްޕީއެލްގައި މިހާރު ވެސް ތިން ޑެޕިއުޓީ ސިއީއޯއިން އެބަ ތިއްބެވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް