ލަމްއާން (ފޮޓޯ/އެމްއޭސީއެލް)

އެމްޕީއެލް

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯއަށް ލަމްއާން އައްޔަންކޮށްފި

ޑެޕިޔުޓީ ސީއީއޯގެ އިތުރުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ވެސް ލަމްއާން ވަނީ އިއްޔެ އައްޔަންކޮށްފައި

އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމމުން ބުރަސްފަތި ދުވަހު އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާން، އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑެޕިޔުޓީ ސީއީއޯގެ އިތުރުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ވެސް ލަމްއާން ވަނީ އިއްޔެ އައްޔަންކޮށްފަ އެވެ.

ތަފްސީލް - އެމްޕީއެލްގެ ބޯޑަށް ލަމްއާން އައްޔަނުކުރިއިރު، އެ ބޯޑުގައި އިންނެވި  އިބްރާހިމް ޒިޔަތު ވަނީ ބޯޑުން ވަކިކޮށްފަ އެވެ.

ފާހަގަކުރެވޭ - މި މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ވަކިކުރައްވާފައިވާއިރު ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.

ކޮމެންޓް (2)

ކޮމޮޑަސް

3 މޭ 2026
މިގައުމުގައި ރިފޯމްކުރަންޖެހޭ ކަންތައްތަކުގެ ތެރޭ ދެން އަންނަ ވެރިކަމަކުން އެންމެބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭނެ އެއް ކަމަކީ އެސްއޯއީތަކުގެ ގަވަނަންސް އޮވަރހޯލް ކުރުމެވެ. އާންމުންނަށް ހިއްސާވިއްކާ އަދި ޕްރައިވެޓައިޒް ކޮށްގެންވިޔަސް މިކަން ކުރަން ލަސްވެއްޖެއެވެ. ދެން ތިޔަ ޑެޕިއުޓީ ސީއީއޯގެ މަގާމަކީ ބޮޑު ޖޯކެކެވެ. އެމީހަކު ބޯޑަށްލުމަށްވުރެ ސީއެފްއޯ (ޗާޓަޑް މީހެއް) ބޯޑުގައި އެކްޒެކެޓިވް ގޮނޑިއެއްގައި އިނުންވެސް މާ އެކަށީގެންވާނެއެވެ. ސްޓެލްކޯ އަދި އެމްޓީސީސީ ބޯޑުގައި - އަމަލީގޮތުން އެކްޒެކެޓިވް ލެވެލްގައި އެފަދަ ކުންފުނިތަކުގައި އުޅެފައި ނެތް ނެޕޯ ކުދިން އެބަތިބިއެވެ. ސަރުކާރު އެހެން ކުންފުންޏެއްގެ ރޭންކް އެންޑް ފައިލް މުވައްޒަފެއް ތިޔަ އެމްޕީއެލް ބޯޑުގައި އެބަ އިނެވެ. މިއީ ދެތިން ތަނެކެވެ. ދެން ހުރި ތަންތަނުގެ ހާލު މާ ދެރަވާނެއެވެ. އެމްއޭސީއެލް އަދި އެސްޓީއޯގައި ތިއްބެވި ބައެއް ނެޕޯއިންނަށް ކުޑައިމީސް ކުރާކަށް ނެތީމެވެ. އެއީ އަހަރެން ދެކޭގޮތުގައި ތަންދޮރުދަންނަ އަދި ތަޖުރިބާ ލިބިގެން ތިބި ބޭފުޅުންނެވެ.
1 0

ސިކުނޑި

2 މޭ 2026
އާންމުން ވަރަށް ވިސްނުންތެރިކަމާއެކު ސަރުކާރުގެ ޢަމަލުތަކަށް ފާރަވެރިވާންޖެހޭ! މިސަރުކާރުގެ ޢަމަލުތައް މިހާރު މިފެންނަނީ ރައްޔިތަކަށް ހެޔޮވެރިކަމެއް ކޮށްދޭ ވިސްނުމެއްގައިހެނެއް ހިޔެއްނުވޭ! ހަދާނެ އެއްޗެއް ހަދާފައި ވެރިކަމުން ފައިބައިގެން ދެވިދާނެކަމަށް އެއްވެސް މީހަކު ބަލައިގެން ނުވާނެ! ރައްޔިތުން މަތި ކުރި އަމާނާތަށް ޚިޔާނާތްތެރިވެއްޖެތަ؟ ޖަވާބުދާރީ ވާންޖެހޭނެ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް