ވަތަނީ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ދަރިވަަރުން ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ހިދުމަތް

ވަތަނީ ހިދުމަތުގެ 137 ދަރިވަރަކު ސިފައިންގެ ވަޒީފާއަށް؛ ރައީސްގެ މަރުހަބާ

ރައީސް ވިދާޅުވި ގޮތުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައި.

މި ސަރުކާރުން ފެށި 'ވަތަނީ ހިދުމަތް، ނުވަތަ ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު ސިފައިންގެ ހިދުމަތާ ގުޅި، އެތަނުގެ އަސާސީ ތަމްރީން ޕްރޮގްރާމް ނިންމައިފި އެވެ. އެއާ އެކު އެ ބައިވެރިންނަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - އެ ދަރިވަރުން އެ ކޯހުން ދަސްވެނިވިކަން ހާމަކޮށްފައި ވަނީ، ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތަފްސީލު - އެ ޕޯސްޓުގައި ރައީސް ވިދާޅުވި ގޮތުގައި މި ފަހަރު ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯހަކީ، ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ހިންގި ކޯހެއް ކަމަށެވެ. އެ ބެޗުން މި ކޯހުގައި137 ދަރިވަރުން ބައިވެރިވިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"[މި ކޯހުން] ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައި،" ރައީސް ވިދާޅުވި އެވެ.

ކޯހުން ވަނަތައް ހާސިލު ކުރި ހުރިހާ ބައިވެރިންނަށް ރައީސް މަރުހަބާ ވިދާޅުވި އެވެ. އަދި ސިފައިންގެ މަތިވެރި ހިދުމަތާ އަލަށް މި ގުޅުނު ޒުވާނުންނަށް ވެސް  "އައްސަރިބަހާއި ސާބަސް" އެމަނިކުފާނު ރައްދު ކުރެއްވި އެވެ.

ގުޅުން ހުރި - ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި ނޭޝަނަލް ސާވިސް ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ، މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 300އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދެ ބެޗެއް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް