ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރަނީ. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅާ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި

މިސްކިތުގެ ބިންގާ އަޅާނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާއާ ގުޅުވައިގެން
1 ގަޑިއިރު ކުރިން

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް އިމާރާތްކުރާ ބިން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި އަޅާ މިސްކިތުގެ ބިން އެޗްޑީސީން މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު ބިމުގެ އެއްބަސްވުމުގައި:

  • މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 

  • އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު

ހުޅުމާލޭގައި އަޅާ ގްރޭންޑް މިސްކިތުގެ ކޮންސެޕްޓު (ފޮޓޯ/މިނިސްޓަރު ޝަހީމް)

ތަފްސީލް - ހުޅުމާލެ ފޭސް 2 އަދި 3 ގުޅޭ ސަރަހައްދުގައި އަޅާ މިސްކިތުގެ މަޝްރޫއަށް ފައިނޭންސް ކުރަނީ ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުނިންނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިސްކިތުގެ ބިންގާ އަޅާނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާއާ ގުޅުވައިގެން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި އަޅާ ގްރޭންޑް މިސްކިތުގެ ކޮންސެޕްޓު (ފޮޓޯ/މިނިސްޓަރު ޝަހީމް)

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ކަލަންޑަރުން 2 ރަބީއުލްއާހިރުގަ އެވެ. އެ ދުވަސް މި އަހަރު ދިމާވަނީ 13 ސެޕްޓެމްބަރަށެވެ.

މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް އިމާރާތުގެ އިތުރުން ޕާކިންއަށް ހާއްސަ ޖާގަ ވެސް ހިމެނޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް