މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ކެމްޕެއިންގައި ރައީސް މުހައްމަދު މުއިއްޒު އެ ސަރަހައްދުގެ ގެއަކަށް ކުރެއްވި ޒިޔާރަތް

އަސްމާ ރަޝީދު

ޕީޖީ ގްރޫޕު ކުރިމަތީ އަސްމާ ކިބައިން ރައީސް މާފަށް އެދިވަޑައިގެންނެވި: ސަލީމް

ޕާލިމެންޓްރީ ގްރޫޕު މެންބަރުންގެ ކުރިމަތީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ކިބައިން ރައީސް މުއިއްޒު މާފަށް އެދިވަޑައިގެންނެވިކަން މަޖިލީހުގެ ނައިބު ރައީސް ސަލީމް ހާމަކުރެއްވީ ރޭ ޕީއެންސީގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން

ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު މެންބަރުންގެ ކުރިމަތީ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ކިބައިން ރައީސް މުހައްމަދު މުއިއްޒު މާފަށް އެދިވަޑައިގެންނެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، އަސްމާ ސަރުކާރަށް ފާޑުވިދާޅުވެ، ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވި އެވެ. އަދި އޯޑިއޯ ލީކްވުމާ އެކު އަސްމާގެ އާއިލާގެ ދެ މެންބަރަކު މަގާމުން ވަކިކޮށް، އަލުން އައްޔަންކޮށްފައިވެ އެވެ. އެ ގޮތުން:

  • އދ.އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ އަސްމާގެ ކޮއްކޮ ޑރ. ސަލްމާ ރަޝީދުގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފައި

  • ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގައި ހުންނެވި އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް އެ މަގާމުން ވަކިކުރި؛ ފަހުން ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އޭނާ އައްޔަންކުރި

ތަފްސީލް - ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް މުއިއްޒު ޕާލިމެންޓްރީ ގްރޫޕުގެ ވަކިވަކި މެންބަރުންނާ ވަކިން ބައްދަލުކުރައްވައި ކުރިއަށް ދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި އިރުޝާދު ދެއްވި ކަމަށެވެ.

ވަކިވަކިން ކޮންމެ މެންބަރަކާ ބައްދަލުކުރެއްވުމަށް ފަހު، ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ކުރިމަތީ އަސްމާގެ ކިބައިން ރައީސް މުއިއްޒު މާފަށް އެދިވަޑައިގެންނެވި ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަސްމާއްތައާ މެދު އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ހިތްހަމަޖެހުންތަކެއް ހިނގި. އެކަމަކު ނިކަން ވިސްނާބައްލަވާ، އެ ދުވަހު ޕާލިމެންޓްރީ ގްރޫޕުގެ އެންމެންގެ ކުރިމަތީގައި އެ މަނިކުފާނު އަސްމާއްތާގެ ކިބައިން މާފަށް އެދިވަޑައިގަތީއޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ އެ އަމަލު ސަލީމް ސިފަކުރެއްވީ 'ހުލްގު ހެޔޮ' އަމަލެއްގެ ގޮތުގަ އެވެ. އަދި ރައީސަށް އިހުލާސްތެރިކަމާ އެކު ޕާޓީން މަސައްކަތްކޮށްގެން ކާމިޔާބު ހޯދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮންނަންވީ އިހުލާސްތެރިކަން ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި. އެ ވެރިޔަކު އުރެދުމަކަށް ކިޔަމަންވާން އަމުރުުނުކުރާހާ ހިނދަކު އެ ވެރިއަކަށް ކިޔަމަންވާން އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ވެސް އަންގަވާފައި އޮންނަނީ،" ސަލީމް ވިދާޅުވި އެވެ.

ކޮމެންޓް (4)

ޙުސައިން

11 ޖޫން 2026
އެހެންވީމާ އެކަމުން ވެސް އެ އިނގިގެން ދިޔައީ، އެއީ ވެސް ހިނގިކަމެއް ކަމަށް. އުއްމީދުކުރަނީ އަމިއްލަ ދޫ ތަކުން އަދިވެސް ބަރަހަނާވަމުން ދާނެކަމަށް.
2 0

ސިކުނޑި

10 ޖޫން 2026
ރައީސަކީ އެއްވެސް ވިސްނުމެއްނެތި ހިތުހުރި ގޮތަކަށް ކަންކަން ކުރާ ހުދުމުހުތާރު ވެރިއެއް! އަދި ރައްޔިތުން ކިބައިން މާފަށް އެދިފަ ޖަލަށްވެސް ދާނެ!! އެދުވަސް ކައިރިވަނީ!
5 0

ޢަތުމާ

10 ޖޫން 2026
އަސްމާއްތަ އައް ލާރިލިބެނީ ސަރުކާރުން އޭނާގެ ގެ ކުއްޔައްނަގާފަ ހުރީމަ.. ހަމަ އަހަރެމެންގެ ލާރިން އުޅޭމީހުން..
9 1

ބޮއް މުންދޫދު

10 ޖޫން 2026
އަސްމާއްތަ އަތުން ދަރަންޏަށް ނަގާފަހުރި ފައިސާ އަނބުރާ ދެވެންދެން މުއިއްޒު އުޅޭނީ ތިހެން، ނޯ ޗޮއިސް ބްރޯ
16 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް