ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ޖެހި، ރަމީޒު މަގުމައްޗަށް ވެއްޓިފައި.

ހިތަދޫ އެކްސިޑެންޓުގައި މަޑުން ދުއްވި މީހާ މަރުވެއްޖެ

ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އަބްދުﷲ ރަމީޒު މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް
56 މިނިޓު ކުރިން

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އައްޑޫ ހިތަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި މަޑުމަޑުން ދުއްވާފައިދިޔަ އަބްދުﷲ ރަމީޒަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ އެކްސިޑެންޓު ހިނގީ މަސައްކަތެއް ނިންމާފައި ރަމީޒު ގެއަށް ދަނިކޮށް އެ ރޭ 9:30 ހާއިރު އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި، އެ އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަ ގޮތުގައި ރަމީޒު ވަރަށް މަޑުމަޑުން ސައިކަލު ދުއްވާފައި އަންނައިރު، މަގުގެ އަނެއް ކޮޅުން ބާރު ސްޕީޑެއްގައި ސައިކަލެއް ދެ އެވެ. ނުބައި ފަޅިން ދިޔަ އެ ސައިކަލު ގޮސް، ރަމީޒްގެ ސައިކަލުގައި ޖެހުމާ އެކު އޭނާ ވިއްސައިގެން ގޮސް ވެއްޓެ އެވެ. އަނެއް ސައިކަލަށް ވީގޮތެއް އެ ވީޑިއޯއަކުން ނުފެނެ އެވެ.

ތަފްސީލު - އެ އެކްސިޑެންޓުގައި ރަމީޒުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައީ ޖެހިގެން އައި ދުވަހު އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ފުރަތަމަ ކުރީ އޭނާގެ ބޮލުގެ އޮޕަރޭޝަނެކެވެ.

މި އެކްސިޑެންޓުގައި ބާރަށް ދުއްވާފައި ދިޔަ މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މައުލޫމާތު އެނގޭ މީހަކު މީގެ ކުރިން 'ދައުރު'އަށް ކިޔައިދިން ގޮތުގައި އޭނާ ވެސް އިތުރު ފަރުވާއަށް މާލެ ގެނައުމަށް ފަހު، ބޭރަށް ފޮނުވާލުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް