ބާރު ސްޕީޑުގައި ދުއްވި ސައިކަލުގައި ޖެހި، ރަނގަޅު ފަޅިން ދުއްވި މީހާ މަގުމައްޗަށް ވެއްޓިފައި. އެ އެކްސިޑެންޓުގައި ޒަހަމްވި ދެ މީހުންގެ ހާލު ވެސް ސީރިއަސް.

އައްޑޫ އެކްސިޑެންޓް: ނުބައި ފަޅިން ބާރަށް ދުއްވި މީހާގެ ހާލު ވެސް ސީރިއަސް

އެކްސިޑެންޓުގައި އޭނާގެ މޭގެ ކަށިތައް ވަނީ ބިނދިފައި. އިތުރު ފަރުވާ ދިނުމަށް އޭނާ މިހާރު ވަނީ މާލެ ގެނެސްފައި.
1 ގަޑިއިރު ކުރިން

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ބާރު ސްޕީޑުގައި ނުބައި ފަޅިން ސައިކަލު ދުއްވި މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިތަދޫގެ ބޮޑު މަގުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ.

އެ ހާދިސާގެ މަންޒަރު އަރާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓު ހިނގީ އެއް ސައިކަލު ވަރަށް މަޑުމަޑުން، ރަނގަޅު ފަޅިން ދުއްވާފައި އަންނަނިކޮށް، ބާރު ސްޕީޑެއްގައި މަގުގެ އަނެއް ކޮޅުން ދިޔަ ސައިކަލަކުން ޖެހިގެންނެވެ. ރަނގަޅަށް ދުއްވި މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ގެއްލުން ލިބުމުން އޭނާއަށް މިހާރު ދަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެއީ ތިން ކުދިންގެ ބައްޕަ އެކެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި، ނުބައި ފަޅިން ބާރަށް ދުއްވި ފިރިހެން މީހާއަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިިބިފަ އެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް އޭނާ މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މޭގެ ކަށިތައް ވަނީ ބިނދިފަ އެވެ.

"އޭނާގެ ހާލު ސީރިއަސް. ބޭރަށް ފޮނުވާލުމުގެ މަސައްކަތް މިހާރު އާއިލާ އިން ދަނީ ކުރަމުން،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް