މާލެ ސިޓީ ކައުންސިލުގެ ޑަބްލިއުޑީސީ މެމްބަރުން ހުވާކުރުމުގެ ރަަސްމިޔާތު ތެރެއިން_(ފޮޓޯ/މާލޭ ކައުންސިލް)

ޑަބްލިއުޑީސީ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި: ސިޓީއަށް 20،000ރ.؛ ރަށަށް 15،000ރ.

ަފާޑުކިއުންތައް އަމާޒުވުމުން ދެ ދުވަސް ތެރޭ ޑަބްލިއުޑީސީތަކުގެ މުސާރައަށް ބަދަލު ގެނައި މިއީ ދެވަނަ ފަހަރު

ރަށްރަށް ވެސް ހިމެނޭ ގޮތަށް، އަންހެނުންގެ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ކަނޑައަޅައި ފޮނުވިއިރު، ކައުންސިލުތަކުގެ ކައުންސިލުތަކުގެ ރައީސުންނާއި ކައުންސިލަރުންނަަށް ލިބޭ މުސާރައަށް ވުރެ ވެސް ބޮޑެވެ.

އެކަމަށް ފާޑުކިއުން ބޮޑުވުމުން، ދެ ފަަހަރެއްގެ މަތިން މުސާރައަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން:

  • ފުރަތަމަ ފޮނުވި ސާކިއުލާގައިވާ ގޮތުން، ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ 41،500ރ.

  • ރަށްރަށުގައި ތިބޭ ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ 21،000ރ. 

  • ފާޑުކިއުންތަކާ އެކު ޑަބްލިއުޑީސީގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000ރ.އަށް ކުޑަކުރި؛ އެކަމަކު މި ކޮމިޓީތަކުގެ ރަށު ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނޭ

ތަފްސީލް - މިއަދު އަނެއްކާވެސް މުސާރައަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މިފަަހަރު ގެނައި ބަދަލުގައި، ރަށު ކޮމިޓީތަކުގެ ރައީސުންގެ މުސާރައިން ވެސް ބޮޑު އެެއްޗެއް ވަނީ އުނިކޮށްފަ އެވެ. އެގޮތުން، މިހާރު ގެނެސްފައިވާ ބަދަލަކީ:

  • ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 20،000ރ. 

  • ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 15،000ރ.

އެހެން މެމްބަރުންގެ މުސާރައަށް މިފަހަރު ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް ޑަބްލިއުޑީސީތަކުގެ މެންބަރުންގެ މުސާރައަކީ: 

  • ސިޓީތަކުގެ ޑަބްލިއުޑީސީ މެންބަރުންނަށް 6،000ރ. އަދި ނައިބު ރައީސުންނަށް 7،000ރ.

  • ރަށްރަށުގެ ޑަބްލިއުޑީސީ މެންބަރުންނަށް 5000ރ. އަދި ނައިބު ރައީސުންނަށް 6000ރ.

އެނގުން މުހިންމު - ނިމިދިޔަ ކައުންސިލުތަކުގެ ދައުރުގައި ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 7،000ރ. އަދި ރަށްތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 6،000ރ. އެވެ. 

ކޮމެންޓް (3)

ސިރާޖު

22 މޭ 2026
ތިޔ ޕޭކޮމިޝަން ގަ ތިބި މީހުން ނަކީ ތިކަމަށް ވަރަށް ގާބިލް ބައެއް! ތިވަރުގެ ގާބިލް ބަޔަކު ދުނިޔެމަތިން ލާހިކެއްނޫން ހޯދާކަށް! އަނެއްކާ އެމީހުން މަސައްކަތް އެކުރަނީ ލަފާފުޅާއި އިރުޝާދުގެ ދަށުން! އެހެންވީމަ މިމީހުންގެ މުސާރަ ދެ ލައްކައަށް ހަދަން ފެނޭ!
2 0

ކޮމޮޑަސް

22 މޭ 2026
ކަމެއް އެވެނިމިވެނި ގޮތަކަށް ކަނޑައާޅާ ނިންމާފައި، އެކަމެއްގެ ވަށައިގެންވާ ކަންކަން ބަދަލުނުވަނީސް އަދި އެކަމެއްގެ ހާލަތު ބަދަލުނުވަނީސް، ހަމަ އެކަމެއް އަނެއްކާވެސް އިހު ހުރިގޮތަށް ބަދަލުކުރުމަކީ ގަވަނަންސް ދަންނަ އަދި ޕޮލިސީ ދަންނަ ބަޔަކު ކުރާނެކަހަލަ ކަންކަމެއް ނޫނެވެ. ތިޔަ މުސާރަތައް ފުރުތަމަ ކަމަކަށް ބޮޑުކުރުމަކީ ގޯހެކެވެ. ދެން އަނެއްކާ ޖެހިގެން އަންނަ ދުވަހު ކުޑަކުރަމަކީ ގޯހެކެވެ. ދެގޯހަކުން ހާސިލްވާނޭ ރަނގަޅެއް ނޯންނާނެއެވެ. ރައީސް މުއިއްޒިއެވެ. ދެން އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވުމެވެ.
4 0

ސިކުނޑި

23 މޭ 2026
@ކޮމޮޑަސް ޖުމުލަކޮށް ތިޔަށް ކިޔަނީ އުނބަށް ޖެހުން! އަންހެން ކޮމިޓީއަކީ ގާނޫނޭ ޝަޚްސެއް ނަމަވެސް، އެއްވެސް ގާނޫނީ ޒިންމާއެއް އޮންނަ ބައެއްނޫން! އިޖުތިމާޢީ މަސައްކަތްތައް ރާވާ ހިންގާބައެއް! ގިނަ ކަންކަން ރައްޔިތުން ކޮށްފައި ހުންނާނީ ދަރުމަޔަށް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް