ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ލީޑް ކުރާ ހުސައިން ހަސަން ފުލުހުން ހައްޔަރުކުރުން. (ފޮޓޯ/ އަނޫފް ޖުނައިދު)

ނޫސްވެރިންގެ މުޒާހަރާ ލީޑް ކުރާ ކުރީގެ ނޫސްވެރިޔާ ހުސައިން ހައްޔަރުކޮށްފި

ހުސައިންއާ އެކު އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައި

ޖަލަށްލި 'އަދަދު'ގެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ފެށި ސިލްސިލާ މުޒާހަރާތައް ލީޑް ކުރަމުން ދިޔަ ކުރީގެ ނޫސްވެރިޔާ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިރޭ ހުސައިން ހައްޔަރުކޮށްފައިވަނީ، މިރޭގެ މުޒާހަރާ ފަށަން ތައްޔާރުވެފައި ވަނިކޮށް 9 ހާއިރު، މަޖީދީމަގުން ލެކިއުޓް ކައިރިންނެވެ. އޭނާއާ އެކު އިތުރު މީހަކު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. އެ ވަގުތު އެ ސަރައްދުގައި ތިބީ ދެތިން މީހެކެވެ.

ހައްޔަރު ކުރި ދެ މީހުން މިހާރު ވަނީ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސްފަ އެވެ.

މިދިޔަ ދެ ރޭ ވެސް މި މުޒާހަރާ ލީޑް ކުރުމުގައި އިސްކޮށް އުޅުއްވީ ހުސައިން އެވެ. ހައްޔަރު ކުރި ވަގުތު ހުސައިން ވިދާޅުވީ އޭނާ އެއްވެސް ވަރަކަށް ގަދައެއް ނުހަދާ ކަމަށެވެ.

"އެންމެ މީހަކު މިތަނުގައި ހުރީތީ އަޅުގަނޑުމެން މި ހައްޔަރު ކުރީ،" އޭނާ ވިދާޅުވި އެވެ.

ހުސައިން ވަނީ ހައްޔަރު ކުރި ވަގުތު ވެސް ބަންދުގައި މިހާރު ހުރި 'އަދަދު'ގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހްޒާން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރޭގެ މުޒާހަރާއިން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންގެންދާ ލިޔުންތެރިޔާ ޝައްމޫން ޖަލީލް (ލޫކަސް) ހިމެެނެ އެވެ. ޝައްމޫން ހިމެނޭހެން ތިން މީހަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް (1)

ޙަސި

15 މޭ 2026
ތީ އަލަ ސިޔާސީ ވެގެން އުޅޭމީހެއް. ވ. މައްސޫރުވާ ހިތުން އުޅެނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް